މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ކުނިކެހުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ބޭނުންކުރުމަށް 200 ސޭފްޓީ ވެސްޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ، (2 ވަނަ އިޢުލާން)

މާލެ ސިޓީ ކައުންސިލްގެ ކުނިކެހުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ބޭނުންކުރުމަށް 200 ސޭފްޓީ ވެސްޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2026/113 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ،  އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

19 ޖުލައި 2026 (އާދިއްތަ)

11:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

30 ޖުލައި  2026 (ބުރާސްފަތި)

11:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
13 ޖުލައި 2026
ހޯދާ