ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. ބާރަށު އަތިރިމަތީ އިޖްތިމާއީ ސަރަހައްދުގައި އެހެލާފައިހުރި އޮޑި ދޯނި/ލޯންޗް/ޑިންގީ/ބޮއްކުރާ އަދި ކަނދުފުނި / ލަކުޑިތައް ނެގުން
ހއ. ބާރަށު ދެކުނު މޫސީޤީ ހިނގުމުން އުތުރަށް ، އަދި ނޫރާނީމަގުގެ ދެކުނަށް އަތިރިމަތީ އިޖްތިމާއީ ސަރަހައްދުގައި އެހެލާފައި ހުރި އޮޑިދޯނިފަހަރާއި ، ލޯންޗް ފަހަރާއި ، ޑިންގީތަކާއި ، ބޮއްކުރާތަކާއި އަދި އެކި ފަރާތްތަކުން ބަހައްޓާފައި ހުރި ކަނދުފުނި ތަކާއި ލަކުޑިތައް 13 ޖުލައި 2026 ވަނަ ދުވަހުން ފެށިގެން 30 ޖުލައި 2026 ވަނަ ދުވަހުގެ ނިޔަލަށް އެ ތަކެތީގެ ވެރިން އެ ތަކެތި މި ސަރަހައްދުން ނަގާ ސާފުކުރުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މި މުއްދަތުގެ ތެރޭގައި ނަގާފައި ނުވާ ތަކެތި ޤާނޫނާއި ޤަވާއިދުގެ ތެރެއިން މި އިދާރާގެ ބެލުމުގެ ދަށުން ނަގަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. އަދި މި ތަކެތި ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
13 ޖުލައި 2026
ހޯދާ
