ދިވެހިރާއްޖެ
ދޮންފަނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ދޮންފަނު ކައުންސިލާއި އަދި އަވާނި މޯލްޑިވްސް ރިސޯޓް އާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯސް ގައި ބައިވެރިވުމުގެ ފުރުސަތު ދޮންފަނުގެ އަންހެން ކަނަބަލުންނަށް ހުޅުވާލަމެވެ. މި ކޯހަކީ 8 ދުވަހުގެ މުއްދަތަކަށް ހިންގޭ ކޯހެކެވެ. މި ޕޭސްޓްރީ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 03 އޯގަސްޓް 2026 ވާ ހޯމަ ދުވަހުއެވެ. އަދި ދަންނަވަމެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޖުމްލަ 15 ފަރާތަކަށެވެ. ވީމާ ފުރަތަމަ ފޯމު ހުށަހަޅާ 15 ފަރާތައް ޖާގަ ކަނޑައެޅިގެންދާނެއެވެ. މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން 500 ރުފިޔާގެ ފީއެއް ނެގޭނެއެވެ. ފީ ދައްކަން ޖެހޭނީ ޝޯޓްލިސްޓްވާ ބޭފުޅުންނަށް ކައުންސިލުން އެންގުމުންނެވެ.
ކޯހުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 19 ޖުލައި 2026 (އާދީއްތަ) ދުވަހުގެ މެންދުރު 12:00 ނިޔަލަށެވެ. ވީމާ، މި ކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ. ފޯމް ފުރިހަމަ ކުރެވޭނީ 13 ޖުލައި 2026 ގެ 10:00 އިން ފެށިގެން 19 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
Form URL: https://forms.cloud.microsoft/r/bTk0mMisrA
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
