ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)386/386/2026/59
ޕްރޮޖެކްޓް ނަންބަރު: 2026/04
އިޢުލާން
ތ. ގުރައިދޫ ހިއްކި ސަރަހައްދުން 5 ގޯތި ވިއްކުމާ ގުޅޭ
ތ.ގުރައިދޫ ހިއްކި ސަރަހައްދުން 5 ގޯތި ވިއްކުމަށް އެދި މިކައުންސިލްގެ އިޢުލާން ނަންބަރު (IUL)386/386/2026/57 (08 ޖުލައި 2026) އިން ބީލަން ހުށަހެޅުމަށް ހުޅުވާލެވުނުއިރު އިޢުލާނާއެކު ހީރަސްކުރެވިފައިވާ ބައެއް ފޯމުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލްކޮށް، މި އިޢުލާނާއެކު ހީރަސްކުރެވިފައިވާ ކުރެހުމުގައި ފާހަގަކޮށްފައިވާ 1937.50 އަކަފޫޓުގެ 5 ގޯތި ވިއްކުމަށް ބޭނުންވާތީ، އަކަފޫޓެއް 50/- (ފަންސާސް) ރުފިޔާއަށްވުރެ ކުޑަނުވާގޮތަށް ގަންނަން ޝަޢުޤްވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2026 ޖުލައި 20ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ފޯން: 6780715
އީމެއިލް އައިޑީ: [email protected]
ބީލަން ހުށަހަޅުއްވާނީ 2026 ޖުލައި 23ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމަށެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 މުޙައްރަމް 1448
13 ޖުލައި 2026
