އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ މީދޫ މިނިވަން އުފާ 2026 ގެ ހަރަކާތްތައް އޮންނަ ޞަރަޙައްދުތަކުގައި ކެންޓީން ޚިދުމަތް ދިނުމުގެ ފުރުޞަތު ހުޅުވުން

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް އައްޑޫ މީދޫގައި ފާހަގަކުރުމަށްޓަކައި " އައްޑޫ މިދޫ މިނިވަން އުފާ 2026" ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ސްވިމިންގ ޓްރެކް ޞަރަޙައްދާއި، ބަނދަރު ޞަރަޙައްދާއި ކުޅިވަރު އެރީނާ ޞަރަޙައްދުގައެވެ. 2026 ޖުލައި 24 އިން 30 އަށް މިނިވަން އުފާގެ ހަރަކާތްތައް ރޭވިފައިވާއިރު، ހަރަކާތްތަކަށް ތަން ތައްޔާރުކުރުމުގެ މަސައްކަތްވެސް އެ ޞަރަޙައްދުތަކުގައި ކުރިއަށް ދާނެއެވެ.

އެހެންކަމުން، 2026 ޖުލައި 16 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް "އައްޑޫ މީދޫ މިނިވަން އުފާ 2026" ގެ ހަރަކާތްތައް ކުރިއަށްދާ ޞަރަޙައްދުތަކުގައި، އާއްމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަދިނުމުގެ އުޞޫލުގެ ދަށުން، ކެންޓީން ޚިދުމަތް ދިނުމަށް 1000 އަކަފޫޓުގެ 3 ސްލޮޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ސްލޮޓްތައް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 15 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

                    27 މުޙައްރަމް 1448     

                    12  ޖުލައި 2026      

12 ޖުލައި 2026
ހޯދާ