ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ބާބަކިއުއާގުޅޭ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ބާބަކިއުއާގުޅޭ

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މި ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމުޢިއްޔާތައް ގުޅިގެން ކުމުންދޫގެ ލޮބުވެތި ރައްޔިތުންނަށް ބާބަކިއުއެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މި ބާބަކިއު އޮންނާނީ 2026 ޖުލައި 26 ވަނަ ދުވަހު ބާއްވާ ފަރުމަސް ރޭހަށްފަހު އެ ދުވަހުގެ ހަވީރު 4:00 ގައެވެ. މި ބާބަކިއު ކުރިއަށްދާއިރު ކުޑަކުދިންނާގުޅޭ ބައެއް ޙަރަކާތްތައްވެސް ކުރިއަށްދާނެއެވެ. ވީމާ، މި ޙަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުމުންދޫގެ އެންމެހައި ކުދިބޮޑު ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މި ބާބަކިއު އިންތިޒާމުކުރުމުގައި ވޮލެންޓިއަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށާއި ބާބަކިއު ހެދުމަށް ބޭނުންވާ ނާށި ހަދިޔާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވޮލެންޓިއަރެއްގެ ގޮތުގައި ބައިވެރިވުމަށް ނަން ނޯޓުކުރެއްވުމަށާއި ނާށި ހަދިޔާކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ކައުންސިލުގެ ލީގަލް އޮފިސަރ އަލްއުސްތާޛު ޢުބައިދުﷲ ޝަރީފް (ފޯން: 7655565) އާ ގުޅުއްވުން އެދެމެވެ.

11 ޖުލައި 2026
ހޯދާ