އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީޓީ މެޝިން އަދި އެމް އާރ އައި މެޝިނަށް ބޭނުންވާ ޔޫޕީއެސް ބެޓްރީ ޕެކް ހޯދުން

 

ބީލަން ހުށަހެޅުމުގެ ދައުވަތު

 

 

 

އިޢުލާން ނަމްބަރ:   137-IU/PR/2026/95

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-37

 

ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީޓީ މެޝިން އަދި އެމް އާރ އައި މެޝިނަށް ބޭނުންވާ  ޔޫޕީއެސް ބެޓްރީ ޕެކް ހޯދުން

 

 

 

އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީޓީ މެޝިން އަދި އެމް އާރ އައި މެޝިނަށް ބޭނުންވާ ޔޫޕީއެސް ބެޓްރީ ޕެކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިތަކެތި ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސްޕެސިފިކޭޝަން ޝީޓް މިއިއުލާނާއެކު ހިމަނާފައިވާނެއެވެ. މިއިއުލާނާއެކު ސްޕެސިފިކޭޝަން ޝީޓް އެޓޭޗްކޮށްފައިވާނެއެވެ. 

1-    ބިޑްހުށަހަޅާފަރާތްތަކުންސަމާލުކަންދޭންވީކަންތައްތައް

  • ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓްގައި ބަޔާންކުރާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި މުޅި ޕްރޮޖކްޓްގެ ޖުމްލަ އަގު އެނގެން އޮންނަންވާނެއެވެ.
  • މިތަކެތި 15 ދުވަހުގެ ތެރޭގައި ސަޕްލައިކޮށްދެވޭނެ ފަރާތަކަށް ވާންވާނެއެވެ.
  • ހުށަހަޅާ އަގު/ކޯޓޭޝަން ފިޔަވާ އެހެން ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ސޮފްޓް ކޮޕީގެ (ޕެންޑްރައިވް ގައި) (ޕީޑީއެފް ފައިލް) ގޮތުގައެވެ. 

 

 

 

2-    ހުށަހަޅަންޖެހޭ ތަކެތި

 

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއްކޮށްފައިވާ ކަމުގެ01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން 

3-   އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް 

  • ސްޕެސިފިކޭޝަންގައިވާ ރިކްއަރމެންޓާ އެއްގޮތަށް އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.
  • އަގަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް  ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުނެވެ.

  

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

100

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

 

 

 

ބީލަން ހުށަހަޅާނެގޮތް

 

ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް 

އައި.ޖީ.އެމް ހޮސްޕިޓަލުގެ ސީޓީ މެޝިން އަދި އެމް އާރ އައި މެޝިނަށް ބޭނުންވާ ޔޫޕީއެސް ބެޓްރީ ޕެކް ސަޕްލައިކޮށްދިނުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.   

ބީލަން ހުށަހެޅުން 

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 16 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

 

  1. ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން.
  2. ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.
  3. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
  4. ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

 

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. 

ނޯޓު: 

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

 

https://www.igmh.gov.mv/publications/tenders/

 

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

 

ފޯނު: +960 3335349 ، +960 3335254

 

އީމެއިލް [email protected]

 

ކޮޕީ: [email protected]

 

    [email protected]

 

 

 

27 މުހައްރަމް 1448

12 ޖުލައި 2026

 

 

12 ޖުލައި 2026
ހޯދާ