ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީ ޕްލޭން، ފައިނޭންޝިއަލް ޕްލޭން އަދި ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ރަޖިސްޓަރީވުމުގެ ސުންގަޑި |
16 ޖުލައި 2026 |
ބުރާސްފަތި |
11:00 (ހެނދުނު) |
|
މަޢުލޫމާތު ސާފުކުރުން |
19 ޖުލައި 2026 |
އާދީއްތަ |
11:00 (ހެނދުނު) |
|
ޕްރީބިޑް މީޓިންގ |
20 ޖުލައި 2026 |
ހޯމަ |
11:00 (ހެނދުނު) |
|
ބީލަން ހުށަހެޅުން |
03 އޮގަސްޓް 2026 |
ހޯމަ |
11:00 (ހެނދުނު) |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ.
https://forms.gle/cLXmRS2hFPLJBiip8
ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
27 މުޙައްރަމް 1448
