ދިވެހިރާއްޖެ
"ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުޞޫލު" ގެ ދަށުން ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ބޭނުންކުރާނެ ގައުން ފަހާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާ އެޓޭޗް ކުރެވިފައި ވާނެއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 15 ޖުލައި 2026 ވަނަ ދުވަހުގެ 09:00 ގައި މި ޑިޕާރޓްމަންޓް ގައި އޮންނާނެއެވެ. އަންދާސީ ހިސާބު 22 ޖުލައި 2026 ވަނަ ދުވަހުގެ 09:00 އަށް މި ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު މިޑިޕާޓްމަންޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަން ގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިހެންވެ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
