ދިވެހިރާއްޖެ
ދިވެހިރާއްޖެ،
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040
ގްރާންޓް ނަންބަރު: E047-MV
މަސައްކަތުގެ ބާވަތް: ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލް ސްޓެޓިސްޓިކްސް، އެންޑް އައިޑެންޓިފިކޭޝަން (ސީ.އާރު.ވީ.އެސް.އައިޑީ) ބިލް ފަރުމާކުރުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް
ރިފަރެންސް ނަންބަރު: MV-MoECCT-DMADD-560340-CS-QCBS
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންސަލްޓަންސީ ޚިދުމަތަކީ ސިވިލް ރެޖިސްޓްރޭޝަނާއި، ވައިޓަލް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި، ލާމެހިފައިވާ، ޙައްޤުތަކަށް އިސްކަންދޭ، އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިވާނެފަދަ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ބޭނުންވާ "ސިވިލް ރެޖިސްޓްރޭޝަން، ވައިޓަލް ސްޓެޓިސްޓިކްސް އެންޑް އައިޑެންޓިފިކޭޝަން (ސީ.އާރު.ވީ.އެސް.އައިޑީ) ބިލު" ތައްޔާރުކުރުމަށްޓަކައި ކޮންސަލްޓިންގ ފާމެއް ("ކޮންސަލްޓަންޓް") ހޯދުމެވެ.
މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، މަސައްކަތުގެ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް) ހުށަހަޅަންވާނެއެވެ. މި ޚިދުމަތަށް ޝޯޓްލިސްޓްކުރުމުގެ ޝަރުތުތަކަކީ؛ (ހ) ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލް ސްޓެޓިސްޓިކްސް އައިޑެންޓީ މެނޭޖްމަންޓް އަދި ޑޭޓާ ޕްރޮޓެކްޝަން އާއި ގުޅުން ހުރި ޤާނޫނީ މަސައްކަތްތަކުގައި، ނުވަތަ ބިލް/ ލެޖިސްލޭޝަން ޑްރާފްޓްކުރުމާއި ނުވަތަ އެފަދަ ޤާނޫނީ ލަފާ/ ކޮންސަލްޓަންސީ ޚިދުމަތްތަކުގެ އަމަލީ ތަޖުރިބާ ހުރުން. (ށ) ކޮމްޕްލެކްސް ލީގަލް އަދި ސެކްޓޯރަލް ކޮންޓެކްޓްސްތަކުގައި ލަފާ ދިނުމުގެ މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން. (ނ) ބިލް ނުވަތަ ލެޖިސްލޭޝަން ޑްރާފްޓު ކުރުން، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް ނުވަތަ ލީގަލް ކޮންސަލްޓަންސީގެ މަދުވެގެން 1 (އެކެއް) ޕްރޮޖެކްޓެއް ކާމިޔާބުކޮށް ނިންމާފައިވުން.
ޝޯޓްލިސްޓް ކުރުމުގެ މަރުހަލާގައި ކީ އެކްސްޕާރޓުން އިވެލުއޭޓެއް ނުކުރާނެއެވެ. ނަމަވެސް، ހުށަހަޅުއްވާ ކޮންމެ ކީ އެކްސްޕާޓެއް ހުށަހަޅުއްވާފައިވާ މަޤާމު ސާފުކޮށް ބަޔާން ކުރަންވާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ހަތަރުވަނަ އެޑިޝަން، ނޮވެންބަރު 2020" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ސެކްޝަން 3 ޕޮއިންޓް 3.14، 3.16 އަދި 3.17 ވަނަ މާއްދާ ރަނގަޅަށް ކިޔުއްވުމަށް ދަންނަވަމެވެ.
މި ކޮންސަލްޓަންސީ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅިދާނެއެވެ. މިގޮތުން އެހެން ފާރމްތަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ސާފުކޮށް ލިޔުމުން އެނގެން އޮންނަންވާނެއެވެ. ޖޮއިންޓް ވެންޗަރގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތައް ހޮވިއްޖެނަމަ، މި މަސައްކަތުގައި ދިމާވާ ކޮންމެ ކަމެއްގައި ހުރިހާ ފާރމްތަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.
މި ކޮންސަލްޓެންސީއަށް ފަރާތެއް ހޮވުމުގައި ބޭނުންކުރާނީ ވޯލްޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައި.ޕީ.އެފް ބޮރޯވާސްގެ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުސޫލެވެ.
މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން www.mohst.gov.mv ލިބެން ހުންނާނެއެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖުލައި 22 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ
މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް،
ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.
[email protected]އީމެއިލް:
ވެބްސައިޓް: www.home.gov.mv/ https://dmadd.gov.mv/en
ފޯނު ނަންބަރު: +(960)330-2253
