މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ހިންގުމަށް ބިން ދޫކުރުން

 

އިޢުލާން

 

ވިޔަފާރި ހިންގުމަށް ބިން ދޫކުރުން   

 

       ހެނބަދޫ ކައުންސިލްގެ ފަރާތުން ހެނބަދޫގައި ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، އެކަމަށްއެދި ހުށަހެޅުންވުން އެދެމެވެ. ބިން ކުއްޔަށް ހިފުމަށް އެދި ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014 ) ދެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

09 ޖުލައި 2026 ން 16 ޖުލައި 2026 ގެ 14:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން

21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި

ބީލަން ހުށަހެޅުން

30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި

 

 

 

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

                                24 މުޙައްރަމް 1448

 

09 ޖުލައި 2026
ހޯދާ