ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ.
350 (ތިން ސަތޭކަ ފަންސާސް) އެންކަލް ބޫޓު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ކަމަށް އަންދާސީހިސާބު ހުށަހަޅާއިރު، ސަޕްލައިކޮށްދޭ ބޫޓުގެ ސާމްޕަލްއެއް ހުށަހަޅަންވާނެއެވެ. ސާމްޕަލް ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލްކުރެވޭނެއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.
މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 19 ޖުލައި 2026 ވަނަ ދުވަހުގެ 11:30 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 265.00ރ (ދުއިސައްތަ ފަސްދޮޅަސް ފަސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެވެ. މި ބިޑް ސެކިއުރިޓީ ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާހިސާބު ބާޠިލްވާނެއެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- މެސެޖުކުރެއްވުމަށް: 9772601
