މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ޑިރެކްޓަރ، ލީގަލް އެފެއާޒް

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ، ލީގަލް އެފެއާޒް

މަޤާމުގެ ނަންބަރު:

J-455924

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލީގަލް އެންޑް ކޮންޕްލައިންސް ސެކްޝަން / މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ

މުސާރަ:

މަހަކު 18,970.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 10,860.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 295 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލީގަލް އެންޑް ކޮންޕްލައިންސް ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  2. ވުޒާރާގެ އެންމެހާ ޤާނޫނީ ލިޔެކިޔުން ޑްރާފްޓްކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން
  3. އެޓާރނީ ޖެނަރަލް އޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުވުމުގައި ކުރަންޖެހޭ މަސައްކަތްތައްކޮށް އެކަން ބެލެހެއްޓުން.
  4. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މިނިސްޓްރީގެ ދާއިރާގެ ބިލުތައް ޑްރާފްޓްކޮށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތްތައް ބެލެހެއްޓުން.
  5. ވުޒާރާގެ ހުރިހާ އިދާރާތަކަށާއި ޑިޕާޓްމެންޓްތަކަށް ޤާނޫނީ ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  6. ކޯޓުތަކަށާއި އެހެނިހެން އިދާރާތަކައް ހުށަހެޅޭ މައްސަލަތަކުގައި ވުޒާރާ ތަމްސީލުކުރުން.
  7. މިނިސްޓްރީއާ މިނިސްޓްރީގެ އިދާރާތަކުގެ މުވައްޒަފުން ކުރާ ސިވިލް ސަރވިސްގެ ޤާނޫނާ ޚިލާފު ކަންކަން ބަލައި އެމައްސަލަތަކުގެ ތަހުޤީގަށް ބޭނުންވާ ލިއުންތައް ތައްޔާރުކުރުމާއި، މިނިސްޓްރީއާ މިނިސްޓްރީގެ އިދާރާތަކުގެ މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލާ އެމައްސަލަތައް ޙައްލުކުރުމަށް ދޭންޖެހޭ ލަފާ ދިނުން.
  8. ބޭރުގެ އެކި ފަރާތްތަކާއި މިނިސްޓްރީ ނުވަތަ މިނިސްޓްރީގެ އިދާރާތަކާ އެކު ވެވޭ ފަހުމުނާމާ އަދި އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުމާއި، ފަހުމުނާމާ އަދި އެއްބަސްވުންތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ރާވާ ބެލެހެއްޓުމާއި އެކަމުގެ އަދާހަމަ މިނިސްޓްރީގެ ޒިންމާދާރުވެރިޔާއާ ހިއްސާކުރުން.
  9. ޝަރުޢީ އަދި ޤާނޫނީ ދާއިރާ އިން ވުޒާރައަށް ބޭނުންވާނެ ލަފާދިނުމައްޓަކައި ހަދަންޖެހޭ ދިރާސާތައްހެދުމާއި އެފަދަކަންކަމަށް ތައްޔާރުކުރަންޖެހޭ ޖަވާބުތައްޔާރު ކުރުމާއި ވުޒާރާއިން ނިންމާ ނިންމުންތައް ދިފާޢު ކުރުން.
  10. ސެކްޝަން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ގަވާއިދާއި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވެރުބެލުމުގެ އުޞޫލާ އެއްގޮތަށް ގަވާއިދުން ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިރަލްޓީ ލޯ 
  2. އެގްރިކަލްޗަރަލް ލޯ 
  3. އެއަރ އެންޑް ސްޕޭސް ލޯ 
  4. އެނިމަލް ލޯ 
  5. އެންޓި-ޓްރަސްޓް ލޯ 
  6. އާބިޓްރޭޝަން ލޯ 
  7. އޭވިއޭޝަން ލޯ 
  8. ބޭންކިންގ ލޯ 
  9. ބޭންކްރަޕްސީ ލޯ 
  10. ބިޒްނަސް ލޯ 
  11. ޗިލްޑްރަންސް ރައިޓްސް ލޯ 
  12. ސިިވިލް ލޯ 
  13. ސިވިލް ރައިޓްސް ލޯ 
  14. ކޮމަރޝަލް ލޯ 
  15. ކޮމްޕަރަޓިވް ލޯ 
  16. ކޮމްޕެޓިޝަން ލޯ 
  17. ކޮންސްޓިޓިއުޝަނަލް ލޯ 
  18. ކޮންޓްރެކްޓް ލޯ 
  19. ކޯޕަރޭޓް ލޯ 
  20. ކްރިމިނަލް ލޯ 
  21. ސައިބަރ ސެކިއުރިޓީ ލޯ 
  22. އީ-ކޮމަރސް ލޯ 
  23. އެޑިއުކޭޝަން ލޯ 
  24. އެމްޕްލޯއީމަންޓް ލޯ 
  25. އެންޓަރޓެއިންމަންޓް ލޯ 
  26. އެންވަޔަރަންމަންޓަލް ލޯ 
  27. ފެމިލީ ލޯ 
  28. ފައިނޭންޝަލް ލޯ 
  29. ފުޑް ލޯ 
  30. ހެލްތް ލޯ 
  31. ހިއުމަން ރައިޓްސް ލޯ 
  32. އިމިގްރޭޝަން ލޯ 
  33. އިންޝުއަރަންސް ލޯ 
  34. އިންޓަރލެކްޗުއަލް ޕްރޮޕަޓީ ލޯ 
  35. އިންޓަރނޭޝަނަލް ލޯ 
  36. އިސްލާމިކް ލޯ 
  37. ޖުޑީޝަރީ ލޯ 
  38. ލޭބަރ ލޯ 
  39. ލޭބަރ ރިލޭޝަންސް ލޯ 
  40. ލޯ 
  41. ލޯ އޮފް ދަ ސީ 
  42. މެރިޓައިމް ލޯ 
  43. މެޑިކަލް ލޯ 
  44. މެންޓަލް ހެލްތް ލޯ 
  45. މައިގްރޭޝަން ލޯ 
  46. މިލިޓަރީ ލޯ 
  47. ޕޭޓަންޓް ލޯ 
  48. ޕަރސަނަލް އިންޖަރީ ލޯ 
  49. ޕަބްލިކް ލޯ 
  50. ރިއަލް އެސްޓޭޓް ލޯ 
  51. ރިލިޖަސް ލޯ 
  52. ޝަރީޢާ 
  53. ޝަރީޢާ އެންޑް ލޯ 
  54. ޓެކްސް ލޯ 
  55. ޓެކްނޯލޮޖީ ލޯ 
  56. ޓްރޭޑް ލޯ 
  57. ޓްރާންސްޕޯޓް ލޯ 
  58. ވުމެންސް ލޯ 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ޤާނޫނީ ދާއިރާގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖުލައި 16ވާ ބުރާސްފަތި ދުވަހު 13:30ގެ ކުރިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 2026 ޖުލައި 19 އާއި 2026 އޮގަސްޓު 19 އާ ދެމެދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7226046 ނުވަތަ 3036904 /3036905 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                          24 މުޙައްރަމް 1448

09 ޖުލައި 2026
ހޯދާ