ދިވެހިރާއްޖެ
އިޢުލާން
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން
ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
ފިޝަރީޒް ދާއިރާ |
||||
|
ކޯހުގެ ލެވެލް: |
ކޯހުގެ ދާއިރާތައް: |
ޤައުމު: |
ކޯހުގެ ޢަދަދު: |
|
|
ބެޗްލަރސް ޑިގްރީ |
އެކުއާކަލްޗަރ / ފިޝަރީޒް ސައިންސް |
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް |
01 |
|
|
މާސްޓަރސް ޑިގްރީ |
ފިޝަރީޒް މެނޭޖްމަންޓް |
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީ ގައުމުތައް |
01 |
|
|
މާސްޓަރސް ޑިގްރީ |
މެރިޓައިމް އެފެއާޒް |
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީ ގައުމުތައް |
01 |
|
|
މެރިން ރިސަރޗް އާއި މެރިކަލްޗަރ ދާއިރާ |
||||
|
ޕީއެޗްޑީ |
މެރިން ސައިންސް / އެކުއާކަލްޗަރ |
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީ ގައުމުތައް |
01 |
|
|
މާސްޓަރސް ޑިގްރީ |
ސަސްޓެއިނަބަލް އެކުއާކަލްޗަރ / އެކުއާކަލްޗަރ ނިއުޓްރީޝަން / އެކުއާކަލްޗަރ އިންޖިނިއަރިންގ |
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީ ގައުމުތައް |
02 |
|
|
މާސްޓަރސް ޑިގްރީ |
އެކުއަޓިކް ހެލްތު / ޕެތޮލޮޖީ |
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީ ގައުމުތައް |
01 |
|
|
މާސްޓަރސް ޑިގްރީ |
މެރިން ސައިންސް |
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް އަދި އޯއީސީޑީ ގައުމުތައް |
01 |
|
|
ބެޗްލަރސް ޑިގްރީ |
މެރިން ސައިންސް ( ރިމޯޓް ސެންސިންގ / ޖީއައިއެސް / އޯޝަނޯޖްރަފީ އަށް ހާއްސަ ޕްރޮގްރާމްތަކަށް އިސްކަން ދެވޭނެ) |
އޭޝިއާ ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ޤައުމުތައް |
01 |
|
ސްކޮލަރޝިޕްގެ ޝަރުތު:
|
މާރސްޓާސް ޑިގްރީ އެއްނަމަ |
ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކުރައްވާފައިވުން |
|
ބެޗްލަރސް ޑިގްރީ ނަމަ |
ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ފައުންޑޭޝަން ނުވަތަ ސަރޓިފިކެޓް ލެވެލްގެ ޔުނިވަރސިޓީ އެންޓްރެންސް ގަބޫލުކުރާ ސަނަދެއް ހާސިލްކޮށްފައިވުން |
އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)
- ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.
- ސްކޮލަރޝިޕް ލިބިއްޖެ ނަމަ ކޯސް ފުރިހަމަކުރުމަށްފަހު ސިވިލް ސަރވިސްގެ ޤަވާއިދުގައި ވާގޮތަށް، މި މިނިސްޓްރީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އެހެން ޙިދުމަތުގެ ބޮންޑެއް އޮތްނަމަ ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.
- މިކޯސްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.
ސްކޮލަރޝިޕުން ކުރެވޭނެ ހަރަދުތައް:
- ކޯސް ފީ
- ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)
- އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)
- ޑިޕާރޗަރ އެލަވަންސް (އެއްފަހަރު)
- ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް)
އިތުރު މަޢުލޫމާތު:
މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
