މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައިމަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
އިޢުލާން
ޖުލައިމަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައިމަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުމާއި، 107 ވަނަ މާއްދާގެ (ނ) ގެ ދަށުން އަހަރުގެ ދެވަނަ ކުއާޓަރގައި ބާއްވަން ޖެހޭ ބައްދަލުވުން 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 20:30 ގައި "ފަހި މާލަމް" ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި މުލީގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ޖަލްސާގެ އެޖެންޑާ:
- 2026 ވަނަ އަހަރު ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގާފައިވާ ޙަރަކާތްތަކުގެ ރިޕޯޓް ހިއްސާކުރުން.
- 2027 ވަނަ އަހަރަށް އެކުލަވާލެވިފައިވާ މަސައްކަތު ތާވަލާއި، ބަޖެޓް ހިއްސާކުރުން.
- މިހާރު ކަނޑައަޅާފައިވާ ބިކިނީ ބީޗް ރަށުގެ އުތުރުފަރާތަށް ބަދަލުކުރުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދުން.
- ކައުންސިލުން އަދި ސަރުކާރުން ރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ހިއްސާކުރުން.
- ރައްޔިތުންގެ ޚިޔާލު ހޯދުމާއި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.
09 ޖުލައި 2026
ހޯދާ
