ދިވެހިރާއްޖެ
މި އޮތޯރިޓީގެ އައު އޮފީހުގެ ދޮރުތަކުގައި ރޯލަރ ބްލައިންޑްސް ހަރުކޮށްދިނުމުގެ މަސައްކަތް މި އިޢުލާނާއިއެކު އާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަން / ޕްރޮޕޯސަލް ކަމުގައި ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާ ފަރާތްތަކުން 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީއަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި މި ބީލަމާ ގުޅިގެން ބާއްވާ ޕްރީ ބިޑް/މައުލޫމާތު ދިނުމުގެ ބައްދަލުވުން 14 ޖުލައި 2026 އަންގާރަ ދުވަހުގެ 10:00 ގައި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި އޮންނާނެއެވެ. ޕްރީ-ބިޑް/މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިނުވާ ކަމުގައި ދަންނަވަމެވެ.
ބީލަން ހުށަހަޅާނީ 21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެރިސެޕްޝަނަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 10:05 ގައި އެންވަޔަރަންމަންޓަލްރެގިއުލޭޓަރީއޮތޯރިޓީގައި ބީލަންހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތުހާޟިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޟިރުގައެވެ.
ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
