ދިވެހިރާއްޖެ
އދ. މާމިގިލީ އިރުމަތީ ފަރާތު ބަނދަރުގެ ފަސްގަނޑު ކޮޅުގައި ލައިޓްޖެހުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2026 ޖުލައި 12 ން 2026 ޖުލައި 16 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/250ރ ( ދުވިސައްތަ ފަންސާސް ރުފިޔާ ) ބިޑް ހުށަހަޅުއްވާނީ 2026 ޖުލައި 22ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. މަޢުލޫމާތު ސާފުކޮށްދިނުމުގެ ސެޝަން އޮންނާނީ 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
