ދިވެހިރާއްޖެ
|
މަގާމު: |
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ |
|
މަގާމުގެ ނަންބަރު: |
J-451080 |
|
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
|
މަގާމުގެ ގިންތި: |
ދާއިމީ |
|
މަގާމުގެ ރޭންކް: |
ޕަބްލިކް ސަރވިސް ރޭންކް 7- ސްޓެޕް 1 |
|
ވަޒީފާ އަދާކުރަންޖެހޭތަން: |
ދިފާޢީ ވުޒާރާ،މާލެ. |
|
މުސާރަ: |
މަހަކު 9,845.00 ރުފިޔާ |
|
މަގާމުގެ އެލަވަންސް: |
މަހަކު 4,595.00 ރުފިޔާ |
|
ހާޒިރީ ޢިނާޔަތް: |
ހާޒިރުވާ ދުވަހަކަށް 125.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
1- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މައިގަނޑު މަސައްކަތް 1- ބިޑްކޮމިޓީން ނިންމަވާ ނިންމުންތަކާއިގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ލިޔުމުން ފޮނުވުމާއި، ލިބޭ ޝަކުވާތައް ސްޕަވައިޒަރާ ހިއްސާކޮށް، ބިޑް ކޮމިޓީއަށް ހުށަހެޅުމަށް އަންގާ މައްސަލަތައް ބިޑްކޮމިޓީއަށް ހުށަހަޅާ އެކޮމިޓީން ނިންމަވާގޮތަށް ޢަމަލުކުރުމާއި، މި މަރުހަލާތައް ނިމުމުން ބިޑްކޮމިޓީން މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުން ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން ތައްޔާރުކޮށް ސުޕަވައިޒަރުގެ އެޕްރޫވަލް ހޯދުމަށްފަހު، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ސުޕަވައިޒަރުގެ ބެލުމުގެދަށުން ކުރިއަށް ގެންގޮސް، އެއްބަސްވުމުގައި ސޮއިކުރުމުން އެ އެއްބަސްވުން ހިއްސާކުރަންޖެހޭ ފަރާތްތަކަށް ލިޔުމުން ފޮނުވުން. 2- ޝޮޕިންގ އުސޫލުން މި ވުޒާރާ އަށް ހޯދާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކޯޓޭޝަން ހޯދާ، ކޯޓޭޝަނަށް ރިޔާޢަތްކޮށް ލިޔެކިޔުން ތައްޔާރުކޮށް، ހޯދަންޖެހޭ ހުއްދަތައް ލިޔުމުން ހޯދުމަށްފަހު، ޕާރޗޭސް އޯޑަރ ތައްޔާރުކޮށް މުދާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި މި ގޮތަށް ހޯދޭ މުއްދާ ބަލާ ތަންތަނަށް ދާންޖެހޭ ހާލަތެއްގައި އެ މުދަލެއް ބަލާ އެ ތަންތަނަށް ދިއުމާއި މި ލިބޭ މުދަލުގެ އަދަދާއި ބާވަތާއި ހާލަތް ޗެކުކޮށް އެ މުދާ ހަވާލުކުރަންޖެހޭ ސެކްޝަނާއި ހަވާލުކުރުން. އަދި މި ލިބޭ މުދަލުގެ ބިލުތައް ބަލައިގަނެ ހިސާބާއި އެހެނިހެން މަޢުލޫމާތު ޗެކުކޮށް، ގުޅުންހުރި ލިޔެކިޔުންތަކާއެކު ފައިސާ ދެއްކުމަށް ކަމާއި ގުޅުން ހުރި ސެކްޝަނަށް ޙަވާލުކުރުން. 3- ބިޑުކޮމިޓީ ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސާ، އަންދާސީހިސާބަށް ރިޔާޢަތްކޮށް ތައްޔާރުކުރާ ބިޑް އިވެލުއޭޝަނާއި، ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓް ހިމެނޭގޮތަށް ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށް ގުޅުންހުރި ލިޔެކިއުންތަކާއެކު ބިޑް ކޮމިޓީއަށް ހުށަހެޅުމާއި، ބިޑްކޮމިޓީން ނިންމަވާގޮތުގެ ޔައުމިއްޔާލިޔެ، މެންބަރުންގެ ސޮއި ހޯދުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 4- ތަކެއްޗާއި ޚިދުމަތް ހޯދުމަށް އިއުލާން ކުރުމާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުމާއި، އަންދާސީހިސާބުގައިވާ ހިސާބުތައް ޗެކުކުރުމާއި، އަންދާސީހިސާބަށް ބިނާކޮށް ބިޑް އިވެލުއޭޝަން ރިޕޯޓް ތައްޔާރުކުރުމާއި، ޓެކްނިކަލް އިވެލުއޭޝަން ރިޕޯޓް ހޯދުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ އެ ރިޕޯޓް ހޯދާ ބިޑް ކޮމިޓީއަށް ހުށަހެޅުން. 5- ތަކެއްޗާއި ޚިދުމަތްހޯދުމަށް މި ވުޒާރާއިން ކުރަންޖެހޭ އިޢުލާންތަކާއި މަޢުލޫމާތުޝީޓުތައް ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ލިޔެތައްޔާރުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައާއި މިވުޒާރާގެ ވެބްސައިޓްގައި ޝާޢިއުކުރުން. 6- ޕްރޮކިއުމަންޓް ސެކްޝަންގެ ފަރާތުން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، މި ލިޔެކިޔުންތައް ރައްދުކުރަންޖެހޭ ފަރާތްތަކަށް އޮންނަ އުޞޫލުން ރައްދުކުރުން. 7- އެގްރީމެންޓް ރަޖިސްޓްރީއާއި، ޕްރޮކިއުމަންޓް ރަޖިސްޓްރީ، ޕީ.އޯ ރަޖިސްޓްރީއާއި ބިޑް ސެކިއުރިޓީ ރަޖިސްޓްރީ، ޕަރފޯމަންސް ސެކިއުރިޓީ ރަޖިސްޓްރީއާއި އެޑްވާންސްޑް ސެކިއުރިޓީ ރަޖިސްޓްރީއަށް އަޅަންޖެހޭ މަޢުލޫމާތު އަދާހަމަކުރުމާއި، ޕްރޮކިއުމަންޓްތައް ހަވާލުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ސަރުކާރުގެ ގެޒެޓުގައި އަދި މިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއު ކުރުން. |
|
މަގާމުގެ ޝަރުތުތައް: |
މަގާމުގެ މަސައްކަތު ދާއިރާ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ވުޒާރާގެ ww.defence.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ. 4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ. 6- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، (ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ، ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު". |
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- އަސާސީ ޝަރުތު ހަމަވުން %30 - އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5 - ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5 - އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 - އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) %20 - އިންޓަރވިއު %35 ނޯޓް: 1- މަގާމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކަށް ޖުމްލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން. |
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2026 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން މި މި ވުޒާރާ އަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް ([email protected]) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ފޯމް އޮންލައިންކޮށް މިވުޒާރާ އަށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި އިންޓަވިއު އޮންނާނީ، 2026 ޖުލައި 19 އާ 23 އާ ދެމެދު، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މަޢުލޫމާތު ސާފުކުރުން. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
23 މުޙައްރަމް 1448
