ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރުގެ 5 ވަނަ ޢާއްމު ޖަލްސާ)

ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)

 

ނަމްބަރ (5)394/2026/05 :

ނިންމުން ނިންމި ޖަލްސާ

ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 05 ވަނަ އާއްމު ޖަލްސާ (2026/14)

ޖަލްސާ ބޭއްވި ތާރީޚް: 23 ޖޫން 2026

ޖަލްސާ ބޭއްވި ގަޑި: 13:30 އިން 13:00 އަށް

ކައުންސިލްގެ ނިންމުން

މައްސަލައިގެ ޚުލާޞާ:

 - އޮޑިދޯނި ފަހަރު ބަނުމަށް އިބްރާޙިމް ޒަކީއަށް އޮޑިވަޅު ދޫކުރުން

- އަލަށް ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަޙައްދުގައިވާ މަގުތަކަށް ނަންކިޔުން.

މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:

- ކޮމެޓީ މަރުހަލާގައި ވަގުތީ އޮޑިވަޅު ދިނުމަށް މަޝްވަރާކޮށް ގޮތެއް ނިންމަވާފައިވާތީ ނާއިބު ރައީސް އަލްފާޟިލާ ޢާޤިޞާ ޢަބްދުއްލަޠީފް ގެ މި ހުށަހެޅުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

- އަލަށް ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަޙައްދުގައިވާ މަގުތަކަށް ނަންކިޔުމާ ގުޅޭގޮތުން އެސްޖީ ހުށަހަޅުއްވާފައިވާ ނަންތަށް ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

ވޯޓުދިން ގޮތުގެ ތަފްޞީލް:

-          ކައުންސިލް މެމްބަރުންގެ ޢަދަދު 3،  ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3،  ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3

23 ޖޫން 2026
ހޯދާ