ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 04 އޮގަސްޓް 2026 އިން 10 އޮގަސްޓް 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " ސަރުކާރު އޮފީސް / ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2026 " ގައި ބައިވެރިވުމުގެ ފެރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ލިޔުމުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށައެޅުން އެދެމެވެ. ) އީމެއިލް ކުރައްވާނީ [email protected] )
ކަނޑައެޅިފައިވާ ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:
- 04 އޮގަސްޓް 2026 ން – 10 އޮގަސްޓް 2026 އަށް މާލޭ ކުޅިވަރު އެކުވެނި.
ބައިވެރިވުމުގެ ފީ :
|
ބައިވެރިވާ ކޮންމެ ޓީމެއް |
|
|
ޓީމް އިވެންޓް |
MVR 3,500/- |
ކުޅެވޭ ޝަޓްލް ބްރޭނޑް:..........................
މުބާރާތުގެ ޤަވާއިދު : މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި
- · މުބާރާތުގެ ޤަވާއިދު ޑައުންލޯޑް ކުރުމަށް: GOCBC - TOURNAMENT REGULATIONS 2026
- ޓީމް ލިސްޓް ފޯރމް : މުބާރާތުގައި ބައިވެރިވުމަށް އެދި ލިޔުމުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން ލިޔުމުން ހުށަހަޅާ އޮފީސް / ކުންފުނި ތަކާޢި ޙިއްޞާ ކުރެވޭނެއެވެ.
ބައިވެރިވުމަށް އެދި އީމެއިލް ކުރުމުގެ ފަހު ތާރީޙް އަދި ފީ:
- 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން ލިޔުމުން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް [email protected]
- ބައިވެރިވުމުގެ ފީ 7701172490001 Badminton Association ގެ އެކައުންޓަށް ޓްރާސްންފަރ ކުރުމަށްފަހު ސްލިޕް ބައިވެރިވުމަށް އެދި ހުށައަޅާ ލިޔުން ނުވަތަ އީމެއިލް އާއި އެޓޭޗް ކުރުން އެދެން. (ސްލިޕްގެ ރިމާކްސްގައި އޮފީސް / ކުންފުނީގެ ނަން ހިމެނުން އެދެން)
މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:
- 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ 23:59 ކުރިން
ޓީމް ލިސްޓް ފޯމް ހުށައެޅުމުގެ ފަހު ތާރީޙް :
- 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް ނުވަތަ އީމެއިލް [email protected]
- ޓީމް ލިސްޓް ފޯރމް އާއި އެކު ބައިވެރިންގެ އައި.ޑީ ކާޑު ކޮޕީ ހުށައަޅަންވާނެއެވެ.
މުބާރާތުގެ އެންޓްރީ ޢާއްމު ކުރުން އަދި ޑްރޯ މީޓިންގ:
- މުބާރާތުގެ އެންޓްރީ ލިސްޓް ޢާއްމު ކުރުން 30 ޖުލައި 2026.
- މެނޭޖަރސް މީޓިންގ އޮންނާނީ 01 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި.
- ޑްރޯ މީޓިންގައި މުބާރާތުގައި ބައިވެރިވެފައިވާ ކޮންމެ ޓީމަކުން ޓީމު މެނޭޖަރ ބައިވެރިވާން ވާނެއެވެ.
މުބާރާތުގެ ރެފްރީ : …………………… ޑެޕިއުޓީ ރެފްރީ:………………………
* ޓީމް ލިސްޓް ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
