މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫގެ އަތިރިމަތިން ކަނޑު އުޅަނދު އެހެލާ ބޭލުން މަނާ ސަރަހައްދުތައް ކަނޑައެޅުމާ ގުޅޭ
ކެނދިކުޅުދޫގެ އަތިރިމައްޗަށް ކަނޑު އުޅަނދު އެހެލުން މަނާ ސަރަހައްދުތައް މިކައުންސިލުން މިވަނީ ކަނޑަޅާފައެވެ.
ކަނޑު އުޅަނދު އެހެލުމާއި މަރާމާތުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް:
- ބޮޑުމަގު ބީޗް (އައްސޭރި ހިނގުން (ގުލްބަކާގެއާއި އިންވެގެން ދެކުނުން އޮންނަ މަގު) ފެށިގެން ހީނާ ގޯޅި)
- ކޮރަކަލި ބީޗް ( ވާދީ ހިނގުމުން ފެށިގެން މައިޒާން ހިނގުމާ ހަމައަށް)
- ފިޔޮއްގަނޑު ބީޗް (ކެނދިކޮޅު ބޯޅަދަނޑުގެ އުތުރު ފާރުން ފެށިގެން ބަނދަރު ދެކުނު ފައިކައްޓާ ހަމައަށް އޮތް ސަރަހައްދު)
- ދިލްޝާދުގެ އާ ދިމާ އަތިރި (ހިތިމާ ގޯޅިން ފެށިގެން އަސުރުމާ ގޯޅިއާއި ހަމައަށް)
- ކުޅުދޫ ފާލަން ސަރަހައްދު (ފާލަން މަގު)
- ރެބިޓް ބީޗް (ހިބާ ބީޗް) (ސާފް ގޯތީގެ ދެކުނު ފާރުން ފެށިގެން ނާސިޔާ މަގާހަމައަށް)
- ކުޅުދޫ ޓުއަރިޒަމް ޒޯން ފެށޭ ހިސާބުން (ގަބުރުސްތާން އުތުރު ފާރުން) ފެށިގެން ރަށުގެ އުތުރަށް އަދި ފިނދަނަ ގޮނީގެ ދެކުނުން އޮންނަ ސަރަހައްދު (ކައިޓް ބީޗް ސަރަހައްދު ހިމެނޭހެން)
އިސްވެ ދެންނެވުނު ސަރަހައްދުތަކުގައި (ކެނދިކޮޅު އަވަށުން މަސްވެރި ހިނގުމުން ފެށިގެން އަދި ކުޅުދޫ އަވަށުން ދަށް މަގުން ފެށިގެން އަތިރި އާއި ދެމެދު) ސިނާޢީ މަސައްކަތް ކުރުމާއި، އޮޑިދޯނި އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އަދި އެހެންމެ، ކެނދިކުޅުދޫގެ އެއްވެސް ސަރަހައްދަށް އޮޑި ދޯނި ފަހަރު އެހެލާނަމަ، އެކަމަށް ކައުންސިލުގެ ހުއްދަ ހޯއްދެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
23 މުޙައްރަމް 1448
08 ޖުލައި 2026
ހޯދާ
