ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މިސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

ނަންބަރު:258/258/2026/63(IUL)                  

އިޢުލާން

       

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މިސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކުރެވިގެން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

               މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ކައުންސިލްތަކާއި ގުޅިގެން "ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި، މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ތަމްރީން" އަދި "އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރީ ހިންގާ ބެލެހެއްޓުމުގެ ތަމްރީން" ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. ވީމާ، މިތަމްރީން ޕްރޮގްރާމްތަކުގައި ހަނިމާދޫ އިން ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 13 ޖުލައި 2026ގެ ކުރިން ނަން ނޯޓްކުރެއްވުން އެދެމެވެ.

ފޯމް ލިންކް: (IUL)258/258/2026/63 - Thamreen program – Fill in form

               ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.         

23 މުޙައްރަމް 1448

08 ޖުލައި 2026

08 ޖުލައި 2026
ހޯދާ