އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

  1. ކޮންޓްރެކްޓް އުސޫލުން (16 އޮގަސްޓް 2026 އިން ފެށިގެން 31 ޑިސެމްބަރ 2027 ގެ ނިޔަލަށް) މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިބީލަމުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ނުވަތަ ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި  މިއަދުން (08 ޖުލައި 2026)  ފެށިގެން 16 ޖުލައި 2026 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން އަދި ބީލަންފޮތް ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ މައުލޫމަތަށްޓަކައި ދަންނަވަމެވެ.
  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  15 ޖުލައި 2026 ވާ ބުދަދުވަހުގެ ކުރިން މި އިޢުލާނުގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 ޖުލައި 2026 ވާ އަންގާރަދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  5. މިމަސައްކަތާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް

ހިތަދޫ،އައްޑޫ                                                                       

ފޯން:  6885796

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

23 މުހައްރަމް  1448

08 ޖުލައި    2026

08 ޖުލައި 2026
ހޯދާ