މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

`

 

 

މަޖީދިއްޔާ ސްކޫލް

    މާލެ، ދިވެހިރާއްޖެ    

 

އިޢުލާނު

 

 މަޤާމު:

އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:


            J-438361

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާރވިސް ރޭންކް 4 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަޖީދިއްޔާ ސްކޫލް . ކ.މާލެ

މުސާރަ:

-/8505 ރުފިޔާ

މަގާމުގެ އެލަވަންސް

-/2555 ރުފިޔާ

ހާޒިރީ އިނާޔަތް

-/70 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

1-  ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2-  ދަޢުލަތުގެ ޕޭ ޕްރޭމްވާރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސްކޫލް އެކަޑެމިކް މަސައްކަތުގެ ގޮތުގައި ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުމާއި އެކު ބެލެނިވެރީންނަށް ފޮނުވަންޖެހޭނޯޓިސް ތަކާއި  ސްލިޕް ތަކާއި އެސް އެމް އެސް މެސެޖްތަށް ފޮނުވުން.

2- ދަރިވަރުންގެ ސްކޫލް ލީވިންގ ސެޓްފިކެޓް ތައްޔާރުކުރުން.

3- ސްކޫލުގައި ބޭއްވޭ އެކިއެކި މުބާރާތްތަކާއި، ޓެސްޓްތަކުގެ ނަތީޖާތަކަށް ބަލައިގެން ދެވޭ ސެޓްފިކެޓްތައް ޑިޒައިންކުރުމާއި ތައްޔާރުކުރުން.

4- ސްކޫލް އެޑްމިޝަން މަސައްކަތްތަށް ކުރުން.

5- ސްކޫލްގެ  އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ލިޔުންތައް އެފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްތަށްކުރުން.

6- ޓެސްޓް ޕޭޕަރާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ހޭންޑްއައުޓްސް ފަދަ ތަކެތި ޕްރިންޓްކުރުމުގައި ލީޑިން ޓީޗަރުންނާއި ޓީޗަރުންނަށް އެހީތެރިވުން.

7- ދަރިވަރުންގެ ލީވިންގ ސެޓްފިކެޓްތަކުގެ ތެރެއިން އެ ހިގަމުންދާ އަހަރެއްގެ ގްރޭޑް 10 ގެ ދަރިވަރުންގެ ލީވިން ސެޓްފިކެޓްތައް އެއަހަރެއްގެ  ނަތީޖާ ލިބޭތާ އެއްމަސް ތެރޭގައި ތައްޔާރުކޮށް ދަރިވަރުންނަށް ފޯރުކޮށްދީ ފައިލްކޮށް ބެލެހެއްޓުން.

8- އާ ތައުލީމީ އަހަރެއް ފެށޭއިރު ކިޔަވާ ދިނުމަށް ޓީޗަރުންނަށް ބޭނުންވާ ސްޓޭޝަނަރީ  ހޯދާ  ސްކޫލް ހުޅުވުމުގެ ކުރީން ޓީޗަރުންނާއި އެތަކެތި ހަވާލުކުރުން.

9- އެކަޑެމިކް އޮފީހުން ސްކޫލް ޑިޖިޓަލް ޕްރޮގްރާމްގެތެރެއިން ބަލަހައްޓަންޖެހޭ   ދަރިވަރުންނާ ޓީޗަރުންގެ މައުލޫމާތުތަށް ބެލެހެއްޓުމާއި އެކު ދަރިވަރުންގެ ޓެބްލެޓްތަކަށް ދިމާވާ މައްސަލަތަށް ހައްލުކޮށްދިނުމުގައި ޑިޖިޓަލް ފޯކަލް ޕޮއިންޓަށް އެހީތެރިވެ ދިނުން..

10- ސްކޫލް އެކަޑެމިކް މަސައްކަތުގެ ގޮތުގައި ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުމާއިއެކު ބެލެނެވެރީންނަށް ފޮނުވަންޖެހޭ ސްލިޕްތަކާއި އެސް އެމް އެސް މެސެޖް ތަށް ތައްޔާރުކޮށް ފޮނުވުން.

11- ދަރިވަރުންގެ އެންމެހާ މައުލޫމާތުތަށް  މީމިސްތެރެއިން އަޕްޑޭޓްކޮށް  ބެލެހެއްޓުމާއި އެކު ދަރިވަރުންގެ  އެޑްމިޝަން މަސައްކަތްތަށް ކުރުން.

12- ދަރިވަރުންގެ މެޑިކަލް ސެޓްފިކެޓްތަށް ބެލެހެއްޓުމާއި އެލިޔުންތަށް ޓާރމް ނިމުމުގެކުރިން ކަމާބެހޭ ފަރާތްތަކަށް  ފޯރުކޮށްދިނުން.

13- ކޮންމެ އަހަރަކަށް އެކި ގްރޭޑްތަކަށް ބޭނުންވާ ޓެކްސްޓް ފޮތްތަކުގެ ސަފްސީލު ހޯދާ ހަވާލުވެ ހުންނަވާ ޑެޕިއުޓީ ޕްރިންސިޕަލްއަށާއި އެޑްމިނިސްޓްރޭޓަރަށް އަހަރު ނިމުމުގެ ކުރީން ޓެކްސްޓް ފޮތްތަކުގެ ތަފްސީލު ފޯރުކޮށްދިނުން.

14-  ކްލާސްތަކުގެ ކޮންމެ ޓާރމެއްގެ ބީފޯމުގެ ހާޑް އަދި ސްފްޓް ކޮޕީ ފައިލްކޮށް ސްކޫލްގެތައުލީމީ  ނަތީޖާތަކުގެ ސޮފްޓްކޮޕީސް އާއި ހާޑްކޮޕީސް ފައިލްކޮށް ބެލެހެއްޓުން.

15-  އޯވެލް އަދި އެސްއެސްސީ އިމްތިހާނުގެއެންމެހާ އިދާރީ މަސައްކަތްތަށް ކުރުމާއި އެކު އޯލެވެލް ސެޓްފިކެޓްތަށް ކަނޑައެޅިފައިވާ މުއްދަތުތެރޭގައި ދޫކުރުން.

މަޤާމުގެ ޝަރުޠުތައް:

 

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

ތަޢުލީމީ ރޮގުތައް

  • އެކައުންޓިންގ 
  • ކޮމްޕިއުޓިންގ 
  • އެކައުންޓިންގ ޓެކްނީޝަން  
  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް  
  • ބިޒްނަސް އެކައުންޓިންގ  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  
  • ބިޒްނަސް މެނޭޖްމަންޓް  
  • ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ  
  • ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  
  • ކޮމްޕިއުޓަރ ޕްރޮގްރާމިންގ  
  • ކޮމްޕިއުޓަރ ސައިންސް  
  • ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  • ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  • ފައިނޭންސް  
  • ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • އިންވެންޓްރީ މެނޭޖްމަންޓް  
  • ލޮޖިސްޓިކްސް މެނޭޖްމަންޓް  
  • މެނޭޖްމަންޓް  
  • ނެޓްވަރކިންގ  
  • އޮޕަރޭޝަންސް މެނޭޖްމަންޓް  
  • ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  
  • ޕްރޮކިއުމަންޓް މެނޭޖްމަންޓް  
  • ޕްރޮގްރާމިންގ  
  • ޕްރޮޖެކްޓް މެނޭޖްމަންޓް  
  • ޕަބްލިކް އެކައުންޓިންގ  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  • ޕަބްލިކް މެނޭޖްމަންޓް  
  • ޕާޗޭސިންގް  
  • ކުއަންޓިޓީ ސަރވެއިންގ  
  • ސޮފްޓްވެއަރ އިންޖިނިއަރިންގ  
  • ސަޕްލައި ޗެއިން މެނޭޖްމަންޓް  
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  • ވެބް ޑިވެލޮޕްމަންޓް  

ގުޅޭ ވަޒީފާގެ ދާއިރާތައް

  •  އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ޕްރިފާރޑް ޑިސިޕްލިން

  • ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

   https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx

1- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

3-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖުލައި 16 ވަނަ ދުވަހުގެ 14:00ގެ ކުރިން، މަޖީދިއްޔާ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ،2026 ޖުލައި 28 އާއި 2026 އޮގަސްޓް 5 އާ ދެމެދުގެ ތާރީހެއްގައި، މަޖީދިއްޔާ ސްކޫލްގައި ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315687 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

  23 މުޙައްރަމް 1448

 

08 ޖުލައި 2026
ހޯދާ