ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

މަޤާމު:

ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-441649

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކްސާވިސް ރޭންކް 5 ( ސްޓެޕް 1 )

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވާދޫ ޖަމާލުއްދީން ސްކޫލް / ގދ. ވާދޫ

މުސާރަ:

-/9495 ރުފިޔާ

ސަރވިސް އެލަވަންސް:

-/2850 ރުފިޔާ

ޙާޒިރީ އިނާޔަތް:

-/75 ރުފިޔާ ( ޙާޒިރުވާ ކޮންމެ ދުވަހަކަށް )

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީސް ހުޅުވާ ލެއްޕުން.
  2. ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ރިޕޯޓްތައް ތައްޔާރުކުރުން.
  3. ސްކޫލުގެ ރަސްމީ އީމެއިލްއަށް އަންނަ އީމެއިލްތައް ކަމާބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި، ޖަވާބުދޭންޖެހޭ އީމެއިލްތަކަށް ޖަވާބުދިނުން. ސިޓީއާއި ލިސްޓްތަކާއި، ފްލަޔަރތަކާއި، ފޯމުތަކާއި އެފަދަ ތަފާތު ލިޔެކިޔުންތައް ޑްރާފްޓް ކުރުމާއި ފީޑްބެކް ހޯދަންޖެހޭ ފަރާތްކުގެ ލަފަޔާއެކު ފުރިހަމަކުރުން. ސްކޫލުން ޢާންމުކުރާ ތަކެތި ޕްރޫފްރީޑް ފުރިހަމަކުރުން. ދަރިވަރުންނާއި މުވައްޒަފުންނާއި ސްކޫލް ހިންގުމާގުޅޭ ތަފާތު ރިޕޯޓްތަކާއި ފައިލްތަކާއި، ޑޭޓާ ތައްޔާރުކޮށް ޞައްޙަކޮށް ބެލެހެއްޓުން.
  4. ސްކޫލަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުޙަބާ ކިއުން. ފޯނުކޯލުތަކަށް ޖަވާބު ދިނުމާއި، އެފަދަކޯލުތައް ކަމާބެހޭ ފަރާތަކަށް ރޫޓް ކުރުން. މެސެޖުތައް ނަގައި އެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން. ސުކޫލުގެ އުސޫލުތައް ސާފުކޮށްދިނުން. ސްކޫލުން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން.
  5. ޕްރިންސިޕަލްގެ މަސައްކަތްތަކުގައި ހިމެނޭ އިދާރީ ޒިންމާތައް އަދާކުރުމުގައި ޕްރިންސިޕަލަށް އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން ސްކޫލުން ޢަމަލުކުރާ އުސޫލުތަކާއި ޕްލޭންތައް ތަންފީޒުކުރުމުގައި ޕްރިންސިޕަލްއާ ގުޅިގެން މަސައްކަތް ކުރުމާއި، ސްކޫލުގެ މަސައްކަތްތައް އޮމާންކަމާއެކު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުން.
  6. ފްރިންސިޕަލް ދުވަހުން ދުވަހަށް އަދާކުރާ އެޑްމިނިސްޓްރޭޓިވް ސަޕޯޓް މަސްއޫލިއްޔަތުތައް އިންތިޒާމްކުރުން. އެގޮތުން ކޮންމެ ދުވަހަކު ޕްރިންސިޕަލްއާ ބައްދަލުކޮށް އެ ދުވަހެއްގެ ޝެޑިއުލް އިސްކަންދޭ ތަރުތީބުން ކަނޑައެޅުމާއި، ޚަރަދު ހިނގާނެ ކަންތައްތައް ފާހަގަކޮށް ހަމަޖެހިފައިވާ އުސޫލުން އެކަންކަން ކުރިއަށް ގެންދިއުން.
  7. ޕްރިންސިޕަލްގެ ކަލަންޑަރު ޝެޑިއުލް ބެލެހެއްޓުން. އެގޮތުން ޓީޗަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ މެންބަރުން އެދޭ އެޕޮއިންޓްމެންޓް ތާވަލުކުރުން. އެކިއެކި ގުރޫޕްތަކާއި، ޖަމިއްޔާތަކާ ބައްދަލުވުންތައް އިންތިޒާމް ކުރުން. ބައްދަލުވުންތައް ބާއްވާ ކޮޓަރިތައް ބުކްކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  8. މުވައްޒަފުންގެ ވަޒީފާގެ އެންމެހާ ކަންތައް ކުރުން، އަދި ވަޒީފާ ލިބުމުންނާއި ވަޒީފާއިން ވަކިވުމުން ޗިޓް ފައިލްކުރުން
  9. ދުވަހުން ދުވަހަށް މުވައްޒަފުންގެ ހާޒިރީ ރެކޯޑްތައް އަދާހަމަކޮށް މަސް ނިމުމުން ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
  10. މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަދާހަމަކުރުން.
  11. ބިދޭސީ، ވޭޖް / ކޮންޓްރެކްޓް މުވައްޒަފުންގެ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.
  12. ދަރިވަރުންގެ ރެކޯޑްތަކާއި ފައިލްތައް ބެލެހެއްޓުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ކަށަވަރުކުރުމާއި، އެ ތަކެތި ބެލެހެއްޓުމުގައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާތުތައް ފުރިހަމަ ކުރުން.
  13. ދުވަހު ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުމާއި މީޓިންގ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން
  14. އެހެން އިދާރީ މުވައްޒަފުން ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުއްދަތުގައި އެ މުވައްޒަފުގެ އެންމެހާ މަސައްކަތްތައް ކުރުން
  15. އިންވެންޓްރީ އާއި ސްޓޮކް އަދާހަމަކޮށް ބެލެހެއްޓުމާއި ސްޓޮކުން ހުސްވާތަކެތި ސްކޫލަށް ހޯދުމުގެ އިންތިޒާމު ހަމަޖެއްސުން
  16. މުދައްރިސުން ކިޔަވައި ދިނުމަށް ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށް ދިނުން.
  17. ސްކޫލުން ކުރަންޖެހޭ ދިރާސާތަކުގައި އެހީތެރިވުން. އޭގެ ތެރޭގައި ތަފާސްހިސާބާގުޅޭ، މާލީ ހިސާބާގުޅޭ،  އިޖުރާއަތްތަކާގުޅޭ، އަދި އޮގަނައިޒޭޝަނަލް ދިރާސާތައް ހިމެނެއެވެ.
  18. ސްކޫލުގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާކުރުމުގެ ގޮތުން ސްކޫލުގައި ޢަމަލުކުރާނެ އިޖުރާއަތްތަކާއި ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިވުން.
  19. އިދާރާއިން ބޭނުންވެގެން އެދޭ އެންމެހައި ކަންކަމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް :

  1. އެކައުންޓިންގ 
  2. އެކައުންޓިންގ އެންޑް ފައިނޭންސް 
  3. އެޑްމިނިސްޓްރޭޝަން 
  4. އޮޑިޓިންގ 
  5. ބިޒްނަސް 
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  7. ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ 
  8. ބިޒްނަސް މެނޭޖްމަންޓް 
  9. ކޮމާރސް 
  10. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ 
  11. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ 
  12. ކޮމްޕިއުޓަރ ޕްރޮގްރާމިންގ 
  13. ކޮމްޕިއުޓަރ ސައިންސް 
  14. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ 
  15. ކޮމްޕިއުޓިންގ 
  16. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ 
  17. އެޑިޔުކޭޝަނަލް ލީޑަަރޝިޕް އެންޑް މެނޭޖްމަންޓް 
  18. ފައިނޭންސް 
  19. ފައިނޭންޝަލް މެނޭޖްމަންޓް 
  20. ފައިނޭންޝަލް ޕްލޭނިންގ 
  21. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން 
  22. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  23. އިންފޮމޭޝަން ޓެކްނޮލޮޖީ 
  24. އިންޓަރނަލް އޮޑިޓިންގ 
  25. އިންވެންޓްރީ މެނޭޖްމަންޓް 
  26. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް 
  27. އިސްލާމިކް ފައިނޭންސް 
  28. ލޮޖިސްޓިކްސް މެނޭޖްމަންޓް 
  29. މެނޭޖްމަންޓް 
  30. ނެޓްވަރކިންގ 
  31. އޮޕަރޭޝަންސް މެނޭޖްމަންޓް 
  32. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް 
  33. ޕްރޮކިއުމަންޓް މެނޭޖްމަންޓް 
  34. ޕްރޮގްރާމިންގ 
  35. ޕްރޮޖެކްޓް މެނޭޖްމަންޓް 
  36. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  37. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  38. ޕަބްލިކް ފައިނޭންސް 
  39. ޕަބްލިކް މެނޭޖްމަންޓް 
  40. ޕާޗޭސިންގް 
  41. ކުއަންޓިޓީ ސަރވެއިންގ 
  42. ސްކޫލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް 
  43. ސްކޫލް މެނޭޖްމަންޓް 
  44. ސްކޫލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން 
  45. ސޮފްޓްވެއަރ އިންޖިނިއަރިންގ 
  46. ސަޕްލައި ޗެއިން މެނޭޖްމަންޓް 
  47. ސިސްޓަމް އެޑްމިނިސްޓްރޭޝަން 
  48. ވެބް ޑިވެލޮޕްމަންޓް 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް ( އިމްތިޙާން ނުވަތަ ޕްރެކްޓިކަލް )

25

އިންޓަވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ވާދޫ ޖަމާލުއްދީން ސްކޫލް / ގދ. ވާދޫ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، 22 ޖުލައި 2026  ވާ ބުދަ ދުވަހުގެ 13:00 ގައި ވާދޫ ޖަމާލުއްދީން ސްކޫލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  7983084 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

08 ޖުލައި 2026
ހޯދާ