މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
އޮގްޒިލަރީ ފަޔަރ ފައިޓަރ ޓްރޭނިންގ / ލ.ކައްދޫ ފަޔަރ ސްޓޭޝަން

ލ.ކައްދޫގައި ހުންނަ ފަޔަރ ސްޓޭޝަނަށް ކޮންޓްރެކްޓް އުސޫލުން އޮގްޒިލަރީ ފަޔަރ ފައިޓަރ  ޓްރޭނިންގ މަގާމަށް މުވައްޒަފުން ބޭނުންވުން.

 

މަގާމު

އޮގްޒިލަރީ ފަޔަރ ފައިޓަރ ޓްރޭނިންގ (ޕަބްލިކް ސަރވިސް ރޭންކް 3)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

މަހަކު 9,390.00 ރުފިޔާ

މަގާމުގެ އެލަވަންސް

މަހަކު 2,820.00 ރުފިޔާ

ހާޒިރީ އެލަވަންސް

މަސައްކަތު ނުކުންނަ ދުވަހަކަށް، 75.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

ލ.ކައްދޫ  ފަޔަރ ސްޓޭޝަން

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ

1- ގްރޭޑް 7 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމާފައިވުން، ނުވަތަ،

2- މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މި މަގާމަށް ކަނޑައަޅާފައިވާ ޢިލްމީ އަދި ޢަމަލީ އިމްތިހާނާއި މެޑިކަލް ޓެސްޓުން ފާސްވުން. ނުވަތަ

3- މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދަވާ ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމު ފުރިހަމަކޮށްފައިވުން.

މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސް ތަކާއި، ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް

މަގާމަށް ޢައްޔަންކުރާއިރު ވަކި ޚާއްޞަ ލައިސަންސެއް ނުވަތަ ފުރިހަމަކުރުން ލާޒިމު ތަމްރީނެއްނެތް.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1- އަލިފާނުގެ ހާދިސާތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ހާދިސާތައް ހިނގިޔަނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުން.

2- ކުރިމަތިވާ އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އެރުމާއި ނުރައްކާތެރި ތަންތަނަށް ވަންނަންޖެހޭ ހާލަތްތަކުގައި އެތަންތަނަށް ވަނުން.

3- ނުރައްކާތެރި ތަކެތި އުފުލަންޖެހޭ ހާލަތްތަކުގައި އެފަދަ ތަކެތި އުފުލުމާއި އެފަދަ ތަކެތި ނައްތާލަންޖެހޭ ހާލަތްތަކުގައި އެފަދަ ތަކެތި ނައްތާލުމުގެ މަސައްކަތްކުރުން.

4- ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިކްވިޕްމަންޓްތައްހުރީ ތައްޔާރީ ހާލަތުގައިތޯބަލާ ދުވަހުން ދުވަހަށް ޗެކްކޮށް ބެލެހެއްޓުން.

5- އަލިފާނުގެ ހާދިސާތަކާގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިއުންތަކާއި ރިޕޯޓްތައް ތައްޔާރުކުރުމާއި ރެކޯޑްސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 14 ޖޫން  ވާ އަންގާރަ ދުވަހު 14.00 ގެ ކުރިން  މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މި ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

22 މުޙައްރަމް 1448

07 ޖުލައި 2026
ހޯދާ