ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލަށް ވޯކްސްޓޭޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:
މިހޮސްޕިޓަލުންދޭ މައުލޫމާތުތަކާއި އެއްގޮތަށް ވޯކްސްޓޭޝަން ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 ޖުލައި 2026 ވާ އަންގާރަ ދުވަހުން ފެށިގެން 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރީ ކުރުމަށްޓަކައި، މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލުގެ މެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.
މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 13:15ގައި ށ.އަތޮޅު ހޮސްޕިޓަލުގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.
