އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫ ކައުންސިލަށް ބޭނުންވާ 14 ޝީޓްގެ އިލެކްޓްރިކް ބަގީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަމުގެ ނަން:

އއ.ތޮއްޑޫ ކައުންސިލަށް ބޭނުންވާ 14 ޝީޓްގެ އިލެކްޓްރިކް ބަގީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު:

(PROJ)339/2026/3

އިޢުލާނު ނަންބަރު:

(IUL)339-CAA/339/2026/20

އިޢުލާނުގެ ވަނަ:

1 ވަނަ

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާއި އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި  [email protected]  މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތް ތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދެންނެވީމެވެ.

ބީލަމުގެ މާޢުލޫމާތު ދިނުމުގެ ސެޝަން

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުބާއްވާނެއެވެ.

ބީލަން ހުޅުވުން

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޖުލައި 15 ވާ ބުދަ ދުވަހުގެ 10:30 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " އއ.ތޮއްޑޫ ކައުންސިލަށް ބޭނުންވާ 14 ޝީޓްގެ އިލެކްޓްރިކު ބަގީ ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި ބީލަމާގުޅޭ މަޢުލުމާތު ހޯދުމަށް ގުޅުއްވާނީ 6660537 މިނަންބަރު ފޯނަށެވެ.

07 ޖުލައި 2026
ހޯދާ