ދިވެހިރާއްޖެ
މި އިއުލާނާއެކު ހިމަނާފައި މިވަނީ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 (09 ޑިސެމްބަރ 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހައްދުންމަތީ ކަލައިދޫގެ އިޖްތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލްގެ ނަންބަރ: (IUL)456-ESMSC/456/2026/14 (15-06-2026) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކަލައިދޫ ވިންގްސްއާއި މި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ 2026 ވަނަ އަހަރުގެ ނަންބަރު: (1) (05-07-2026) ބިޑް ކޮމެޓީ ޖަލްސާއިން ވަނީ ނިންމާފައެވެ. މި އިއުލާނާއި އެކު ބިޑް އެވޯޑް ޝީޓް އާއްމުކުރީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާނުކުރީމެވެ.
