ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުލް ސަލާމުގެ ފާޚާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ރ. މާކުރަތު މަސްޖިދުއް ސަލާމުގެ ފާޚާނާތައް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)305/305/2026/64 (24 ޖޫން 2026) އިޢުލާނަށް އިޖާބަ ދެއްވާ އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާނު ބާޠިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.
ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންތައް ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. މި ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓަރީއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މި އިޢުލާނާއެކު ގެޒެޓްގައި ޝައިޢުކުރެވިފައި ވާނެއެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
|
|
ބިޑް ރެޖިސްޓްރޭޝަން |
ރ. މާކުރަތު ކައުންސިލުގެ އިދާރާ |
ހޯމަ |
13 ޖުލައި 2026 |
13:00ގެ ކުރިން |
|
ބިޑް ހުށަހެޅުން |
ރ. މާކުރަތު ކައުންސިލުގެ އިދާރާ |
ބުރާސްފަތި |
16 ޖުލައި 2026 |
13:00 |
ބީލަމުގައި ރަޖިސްޓަރީވުމަށް ބިޑް ރަޖިސްޓްރީކުރާ ފޯމު މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުވުމުން ބަލައިގަނެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 65804030 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
22 މުޙައްރަމް 1448
