ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތީގެ ނީލަން ކިޔުން

ތިރީގައި މި ދަންނަވާ ތަކެތިގެ ނީލަން ކިއުން 2026 ޖުލައި 15 ވާ ބުދަ ދުވަހުގެ 10:00 ގައި މަސްޖިދުއް ޞަލާޙް މިސްކިތާއި ދިމާ ދެކުނު ފަރާތުގައި އޮތް ހުސްބިމުގައާއި ކައުންސިލް އިދާރާގެ ދެކުނު ފަރާތު ގޯތިތެރޭގައި އޮންނާނެއެވެ. މި ތަކެތި ނީލަމުން ނަންގަވާ ފަރާތްތަކުން 03 ދުވަހުގެތޭރޭ އެ ބިމުން ނެރެ ތަން ސާފު ކުރައްވަން ވާނެއެވެ. ތަކެތި ނީލަމުން ނަންގަވާ ފަރާތުން ވަގުތުން އަގު އަދާ ކުރަން ވާނެއެވެ. ފައިސާ ދައްކަވާނީ އޮންލައިންކޮށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ތިރީގައި މި ދަންނަވާ އެކައުންޓަށެވެ.  

އެކައުންޓްގެ ނަން: 1294 ރެވެނިއު 1

އެކައުންޓް ނަމްބަރ: 0017714700430

 ސްލިޕް ވައިބަރ ކުރައްވާނެ ނަންބަރު: 7930016

               ނީލަމުން ނަންގަވާ ތަކެތި މުއްދަތުގައި ނުގެންދަވާނަމަ ހަމަޖެހިފައިވާ އުޞޫލުން ނައްތާލެވޭނެއެވެ. މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

#

ނީލަންކިޔާ ތަކެތި

#

ނީލަންކިޔާ ތަކެތި

1

10 ގުޅީ ރުއް

4

05 ފަންކާ ( އާޡާރީ މިސްކިތުން ނެގި )

2

100 މަގު ބައްތި (މަގުތަކުން އަދައިގެން ނެގި)

5

01 ކޫލަރު ފެންއަޅާ (މިސްކިތުން ނަގާފައިވާ)

3

02 ފުޅި ފެން އަޅާ ޕްލާސްޓިކު

 

 

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.                          

07 ޖުލައި 2026
ހޯދާ