މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިއްފުށި ބޮޑު ސްޓޯރ ކުއްޔަށްދިނުން.
އިޢުލާން
ދިއްފުށި ބޮޑު ސްޓޯރ ކުއްޔަށްދިނުން.
- މިއިދާރާގެ ނަންބަރު (IUL)332-ADHR/332/2026/59 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް 2 (ދޭއް) ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- ކ. ދިއްފުށި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ "ބޮޑު ސްޓޯރ" ހިންގި އިމާރާތް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، މިކަމަށް ޝަރުޠުހަމަވާ އެންމެހައި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- މިބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 08 ޖުލައި 2026 ން 16 ޖުލައި 2026 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލް ކުރާނަމަ މެއިލް ކުރަންވާނީ މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށެވެ. އިތުރު އެހެން މެއިލްތަކަށް ފޮނުވާ ރަޖިސްޓްރޭޝަން ފޯމްތަށް ބަލައެއްނުގަނެވޭނެއެވެ. އަދި ބިޑްފޮތް މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފޯމް ގެޒެޓް، މިއިދާރާއިން އަދި ވައިބާ ކޮމިއުނިޓީ ގްރޫޕް ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 20 ޖުލައި 2026 ވަނަދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 21 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ. ބީލަން ހުޅުވުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން (ބަދަލުގައި ފޮނުވާ ފަރާތްތައް) ކޮންކުންފުންޏަކުން ކަން އަދި ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. މިލިޔުން ހުށަހަޅަންވާނީ ބީލަން ހުށަހަޅާ ސިޓީއުރައާއި ވަކިންނެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
07 ޖުލައި 2026
ހޯދާ
