ދިވެހިރާއްޖެ
މި ކައުންސިލްއާއި ގުޅިގެން ކޮޅުފުށީ ފަޅުތެރޭގައި އެކުއަރކަލްޗަރ (މެރިކަލްޗަރ) ގެ މަސައްކަތް ކުރުމަށް ޝައުޣުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ. ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް "އެކްސްޕެޝަން އޮފް އިންޓަރެސްޓް" އާއިއެކް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
ރަޖިސްޓްރީވުން
ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްހީރަސްކުރެވިފައިވާ ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ފޯމް ފުރިހަމަކޮށް 09 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ އީމެއިލްއަށް ފޮނުއްވުމަށް ދެންނެވީމެވެ. މި ގޮތުން ޕްރޮޕޯސަލް ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
އީމެއިލް އެޑްރެސް: [email protected]
މި މަސައްކަތަށް ކުރިމަތި ލުމަށް ހުށަހަޅަށްޖެހޭ ލިޔެކިޔުންތައް
- · ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- · ކުރަން ގަސްތުކުރާ އެކުއަރކަލްޗަރ މަސައްކަތުގެ ޕްރޮޕޯސަލް (އާލާކުރަނެ ބާވަތްތަކާއި، މަސައްކަތް ކުރިއަންގެންދާނެ ގޮތުގެ ޕްލޭން އެނގޭނޭހެން)
- · މާލީ ޕްރޮޕޯސަލް އަދި މަސައްކަތަށް ބޭނުންވާ އިންވެސްޓްމަންޓް ހަމަޖައްސާނެ ގޮތުގެ ތަފުޞީލު
- · ހުށަހަޅާ ފަރާތުގެ ވަނަވަރު (ކުންފުންޏެއް ނަމަ ޕްރޮފައިލް ޝީޓް)
- · ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ، އަދި ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ.
ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭނެ ގޮތް.
ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބަލައިގެންނެވެ.
|
# |
އިވެލުއޭޓް ކުރެވޭބައި |
މާކްސް |
|
1 |
ހުށަހަޅާ ޕްރޮޕޯސަލް ( މަސައްކަތުގެ ފެންވަރާއި ތަފުޞީލު) |
30% |
|
2 |
ކުލި ނުވަތަ ކައުންސިލަށް އަހަރަކު ލިބިދޭނެ މާލީ މަންފާ |
45% |
|
3 |
ހުށަހަޅާ މަސައްކަތް ކުރުމުގެ މާލީ ޤާބިލުކަން |
10% |
|
4 |
މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތު |
15% |
|
ޖުމުލަ |
100% |
|
މި މަސައްކަތް ޙަވާލު ކުރެވޭނީ، އިވެލުއޭޝަނުން އެންމެ މަތިން މާކްސް ލިބޭފަރާތަކަށެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 15 ޖުލައި 2026 ވާ ބުދަ ދުވަހު 11:00 ގައި ކޮޅުފުށީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅުންވުމަށް ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، އައިޑީކާޑުގެ ކޮޕީ އަދި ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަގަ އަންގާ ޢިއުލާންކުރަމެވެ.
