ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
64 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 2026
64 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް 2-12 އޮގަސްޓް 2026 އަށް ތާވަލް ކުރެވިފައިވުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރަތް ކުރިއަށް ގެންދިއުމަށް މިއަހަރު ރޭވިފައިވަނީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ތިރީގައި މިވާ އުމުރުފުރާތަކާއި ޑިވިޝަންތައް ހިމެނޭ ގޮތަށެވެ.
- 11 އަހަރުންދަށް، (ސިންގަލްސް)
- 13 އަހަރުންދަށް، (ސިންގަލްސް)
- 15 އަހަރުންދަށް، (ސިންގަލްސް އަދި ޑަބަލްސް)
- 17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
- 19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
- 1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
- 2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
- ޥެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
ވީމާ ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ފަރާތްތަކުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އެއްކަރުދާސް ކުރެވިފައިވާ އެންޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު އައިޑީކާޑު ކޮޕީ އާއިއެކު މިސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
06 ޖުލައި 2026
ހޯދާ
