ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ފުރާޅުގެ މަސައްކަތް ކުރުމަށް

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-PROC-07/GA/2016/08

 

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ IUL) PSM-FP/PSM/2016/11) ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމަށް ބޭއްވުނު ބައްދަލުވުމުގައި ދެވިފައިވާ މަޢުލޫމާތަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ، 18 ޖަނަވަރީ 2016 ގައި ކުރެވުނު އިޢުލާނު (IUL) PSM-FP/PSM/2016/11) ބާޠިލުކޮށް، އަލުން ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އެ އިޢުލާނުގައި ދަންނަވާފައިވާ ފުރާޅުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 ޖަނަވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ގެ ޓީވީ މޯލްޑިވްސް (ޓީވީ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 01 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 16:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

14 ރަބީޢުލްއާޚިރު 1437 

26 ޖަނަވަރީ 2016
ހޯދާ