ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދައުވަތު
ހިތަދޫ ކެމްޕަހުގައި ހުރި ބައު ސާމާނުތައް ނީލަމުގައި ވިއްކައިލުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަހުގައި ހުރި ހަލާކުވެފައިވާ ތަކެއްޗާއި ބައު ތަކެތި ލޮޓުތަކަށް ބަހާލައިގެން ނީލަންކިއުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 10:00 ގައި ކެމްޕަހުގެ ކޮމަން ރޫމް (ބީ ބްލޮކް) ގައި އޮންނާނެއެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކަށް އެތަކެތި ހަވާލުކުރެވޭނީ ނީލަމުން ނެންގެވި ތަކެތީގެ އަގު ސަރުކާރު ބަންދުނޫން 03 (ތިނެއް) ދުވަހުގެ ތެރޭގައި ކެމްޕަހުގެ ބަޖެޓު ސެކްޝަނަށް ދައްކައި ހަލާސްކުރުމުންނެވެ. އަދި ފައިސާ ދައްކާތާ 05 ގަޑިއިރުތެރޭގައި އެތަކެތި ގެންގޮސް ނިންމަންވާނެއެވެ.
ނީލަން ކިޔުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް އެގޭނެ ޝީޓް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެއެވެ.
|
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
|
ހިތަދޫ ކެމްޕަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޝަރަފުއްދީން މަގު ފޯން: 6885053، 3345242 އީ-މެއިލް: [email protected] |
06 ޖުލައި 2026
