މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަފަރި ސްޕޯޓްސް އެކަޑަމީ އިންޓަރންޝިޕް ގައި ބައިވެރުމަށް ހުޅުވާލުން

ކައުންސިލްގެ ސްޕޯޓްސް ކުލަބުގެ ފަރާތުން ރަށުގެ ކޮމިއުނިޓީގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް ކުޅިވަރުގެ ހުނަރުތައް ތަރައްޤީކޮށް، ކުޅިވަރުގެ އަޚުލާގުގެ ތެރެއިން ފަހި ފުރުޞަތުތައް ހޯދައިދިނުމަށް ކުރިއަށްގެންދާ ސްޕޯޓްސް އެކަޑަމީގެ ދަރިވަރުންނަށް ތަމްރީނުތައް ކުރިއަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވަނީ ފުޓްބޯލް ފެޑްރޭޝަން އޮފް ސްރީލަންކާގެ ޖާރމަން ސްރީލަންކާ ފުޓްބޯލް ކޮމްޕްލެކްސް އެކަޑަމީގައި ކުރިން މަސައްކަތް ކުރައްވާފައިވާ ޕްރޮފެޝަނަލް ކޯޗަކާއެކުގައެވެ.

އެކަޑަމީގެ ސެޝަންތަކުގައި ކޯޗާއެކުގައި އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާމެވެ. މި ފުރުޞަތުގައި އިންޓަރންޝިޕުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި އިންޓަރންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ދެ ޖިންސުގެ ބޭއްފުޅުން ތިރީގައިވާ ލިންކް މެދުވެރިކޮށް 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލަމެވެ.

          ރަޖިސްޓްރޭޝަން ލިންކް: https://forms.gle/7r4vCAScF93n6aTB9

06 ޖުލައި 2026
ހޯދާ