ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ވިލުފުށީ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ބައެއް ތަކެތި ހޯދުން:
1. "އިންޑިއަން ގްރާންޓް އެސިސްޓެންސް ފޮރ އިމްޕްލިމެންޓޭޝަން އޮފް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވޮލަޕްމަންޓް ޕްރޮޖެކްޓްސް (HICDPs)" ގެ ދަށުން ވިލުފުށީ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/22/2026/130 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ އިޢުލާން ބާތިލްކުރުމަށްފަހު، މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
# |
ބޭނުންވާ ތަކެތި |
|
1 |
މިނީ ކޮމްޕިއުޓަރ |
|
2 |
ޓީ.ވީ |
2. މިބީލަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ ގެ އުސޫލުންނެވެ.
3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 ޖުލައި 06 ން 2026 ޖުލައި 14 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.moe.gov.mv/
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ވެލާނާގެ، 9 ވަނަ ފަންގިފިލާ
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން:304 1242,304 1249
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.moe.gov.mv/