މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަފަރީ ސްޕޯޓްސް އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު
ކައުންސިލްގެ ސްޕޯޓްސް ކުލަބުގެ ފަރާތުން ރަށުގެ ކޮމިއުނިޓީގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް ކުޅިވަރުގެ ހުނަރުތައް ތަރައްޤީކޮށް، ފަހި ފުރުޞަތުތައް ކުޅިވަރުގެ އަޚުލާގުގެ ތެރެއިން ހޯދައިދިނުމަށް ކުރިއަށްގެންދާ ސްޕޯޓްސް އެކަޑަމީ 2026 އޮގަސްޓް 01 ދުވަހު ފެށުމުގެ މަސައްކަތްތައް ކުރިއަށް ގެންދާތީ ކުރިން އެކަޑަމީގައި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އެކަޑަމީގައި ބައިވެރިވުމަށް އެދޭ ފޯމް 2026 ޖުލައި 13 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުމަށް ދަންނަވަމެވެ. ސްޕޯޓްސް އެކަޑަމީގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް އިއުލާނާއި އެކު އެއްކަރުދާސްކުރެވިފައި އެވާނެއެވެ. އަދި ރަސްމީ ވަގުތުތަކުގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
06 ޖުލައި 2026
ހޯދާ
