މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކާބޯތަކެއްޗާއި،ފެނުގައި އެކުލެވޭ ޕެސްޓިސައިޑް ރެސިޑިއު އާއި ހެވީ މެޓަލް ތަހުލީލުތަކަށް ބޭނުންވާ ކެމިކަލް، ކޮންސިއުމަބަލްސް އަދި އިކްއިޕްމަންޓާއި ސްޕެއަރ ހޯދުމަށް

އިޢުލާން

ކާބޯތަކެއްޗާއި،ފެނުގައި އެކުލެވޭ ޕެސްޓިސައިޑް ރެސިޑިއު އާއި ހެވީ މެޓަލް ތަހުލީލުތަކަށް ބޭނުންވާ ކެމިކަލް، ކޮންސިއުމަބަލްސް އަދި އިކްއިޕްމަންޓާއި ސްޕެއަރ ހޯދުމަށް ކުރި  (IUL)23-PD(PMS)/23/2026/174 (10 ޖޫން 2026) ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލް ކޮށް މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 06 ޖުލައި 2026 ވާ ހޯމަ ދުވަހުން ފެށިގެން 14 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

20 މުޙައްރަމް 1448ހ

06 ޖުލައި 2026
ހޯދާ