އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ހުޅުމީދޫ ސިއްޙީ މަރުކަޒުގައި ހުރި ބާވެފައިވާ ތަކެތި ނީލަމުގައި ވިއްކުން (2 ވަނަ އިޢުލާނު)

ހުޅުމީދޫ ސިއްޙީ މަރުކަޒުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން، 13 ޖުލައި 2026 ވަނަ ދުވަހު ހެނދުނު 11:00 ގައި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި  އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގާއި، ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 13 ޖުލައި 2026  ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމީދޫ ސިއްޙީ މަރުކަޒަށް ޙާޟިރުވުން އެދެމެވެ. އަދި، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި އެކު 13 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުމީދޫ ސިއްޙީ މަރުކަޒަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 1 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ ހުޅުމީދޫ ސިއްޙީ މަރުކަޒުގެ އޯ.ޕީ.ޑީ ކައުންޓަރަށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރާ ފަރާތުގެ ޚަރަދުގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 06 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ޖުލައި 2026
ހޯދާ