ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން މުދައްރިސަކު ހޯދުން

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/19

ތާރީޚް

‏ 20 މުހައްރަމް 1448

 05 ޖުލައި 2026

 

ޤުުރުއާން މުދައްރިސަކު ހޯދުން

  މިކައުންސިލުން ހިންގާ މުޙައްމަދު ޖަމާލުއްދީން ޤުރުއާން މަރުކަޒުގައި ޤުރުއާން ކިޔަވައިދޭނެ ޓީޗަރަކަށްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމް: 

ޤުރުއާން މުދައްރިސް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ގދ.ވާދޫ ޖަމާލުއްދީން ޤުރުއާން މަރުކަޒް

މުސާރަ އާއި އިނާޔަތް

  1. ކިޔަވައިދޭ ކޮންމެ ދުވަހަކަށް -/150 ( އެއްސަތޭކަ ފަންސާސް ރުފިޔާ)
  2. ރަމަޟާން މަހު ރަމަޟާން އެލަވަންސް -/3000 ( ތިންހާސް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ޤްރުއާން ކްލާހުގެ ތާވަލާއި އެއްގޮތަށް ކުދިންނަށް ކިޔަވައިދިނުން.
  2.  ޤުރުއާން ކުލާހުގެ ސިލަބަހުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން
  3.  ސިލަބަހުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާޞިލް ވާގޮތަށް ލެސަން ޕްލޭން ތައްޔާރު ކުރުން.
  4.  ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރު ކުރުމާއި، ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.
  5.  ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި، އެސެސްމަންޓް ޕޭޕަރާއި، ޔުނިޓްޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕެޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާޞިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން.
  6.  ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.
  7.  ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމަތު ދިނުން.
  8. ރަށުފެންވަރުގަޔާއި އަތޮޅުފެންވަރު އަދި ޤައުމީ ފެންވަރުގައި ބާއްވާ އެކިއެކި ޤުރުއާން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް:

  1. ވަޒީފާއަށްއެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

 

ވީމާ، މި މަޤާމަށް ޝަރުތު ހަމަވާ އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ގދ.ވާދޫ ކައުންސިލްގެ އިދާރާގެ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ މި ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 6840005 އަށް ގުޅުއްވުން އެދެމެވެ.

05  ޖުލައި 2026

 

 

 

 

 

                                                                ލަމްޢާން ވަޙީދު

                                                               ކައުންސިލްގެ ރައީސް

 

05 ޖުލައި 2026
ހޯދާ