އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުނގޫފާރު ސްކޫލް ސްޓާފް ރޫމްއައް ބޭނުންވާ ފަރުނީޗަރު ސަޕްލައި ކޮށް ރާވާދިނުން
އުނގޫފާރު ސްކޫލް ސްޓާފް ރޫމްއައް ބޭނުންވާ ފަރުނީޗަރު ސަޕްލައި ކޮށް ރާވާދިނުން
- މިސްކޫލުގެ ސްޓާފް ރޫމް ޒާމާނީ ފެންވަރަށް ތަރައްގީކޮށް މުއައްޒަފުންނައް ފަސޭހަ ކަމާއެކު މަސައްކަތް ކުރެވޭނެ މާހަލުލެއް ޤާއިމް ކުރުމުގެ މަޝްރޫޢު ކުރިއައް ގެންދުއުމައް ސްކޫލުން ވަނީ ނިންމާފައެވެ. އެހެންކަމުން ސްކޫލް ސްޓާފް ރޫމަށް ބޭނުންވާ ފަރުނީޗަރު ސަޕްލައި ކޮށް ރާވާދިނުމުގެ މަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ޖުލައި 05 ން 2026 ޖުލައި 07 ގެ ނިޔަލަށް މިއިއުލާނާއެކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމައް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖުލައި 08 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 4 (ރ) ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 2026 ޖުލައި 09 ވާ ބުރަސްފަތި ދުވަހުގެ 13:00 ގައިމިސްކޫލުގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖުލައި 15 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް، ބިޑް ރަޖިސްޓްރީ ފޯރމް، ސްކޫލް ފުލޯރ ޕުލޭން އަދި ގުދަނުގެ ކުރެހުން މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އުނގޫފާރު ސްކޫލް
ރ.އުނގޫފާރު، ދިވެހިރާއްޖެ.
ފޯން: 6580262
އީ-މެއިލް [email protected]
05 ޖުލައި 2026
ހޯދާ
