ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)
މި މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން 'އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (ނެޕް) އޮފް މޯލްޑިވްސް" ނަމުގައި މަސައްކަތެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކޮށްފައިވާ 'ކްލައިމެޓް ރިސްކް އެންޑް ވަލްނެރަބިލިޓީ އެސެސްމަންޓް' ގެ ޓެންނިކަލް ރިވިއު ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މަސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ޔުނައިޓެޑް ނޭޝަންސް ޕްރޮކިއުމަންޓް މެނުއަލް" (DOS/20220.9) (30 ޖޫން 2020) ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
ކޯޓޭޝަން ވެލިޑިޓީ އަދި ހުޅުވުން
ކޯޓޭޝަން ހުށަހަޅާނީ 13 ޖުލައި 2026 ވަނަ ހޯމަ ދުވަހު 11:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ މެއިލްއެޑްރެހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އީ-މެއިލްގައި ކޮންސަލްޓަންސީގެ ނަން، ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކޯޓޭޝަން މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
ކޯޓޭޝަން ހުށަހަޅުއްވަން ވާނީ އީ-މެއިލް މެދުވެރިކޮށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
Subject : Proposal for the“Consultancy services for a National Expert (Climate Change Adaptation Expert) to conduct the technical review of Climate Change Risk and Vulnerability Assessment – (IUL)1139-CCD/1139/2026/86
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް،
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ދަރުބާރުގެ، މާލެ، 20244،ދިވެހިރާއްޖެ
އީމެއިލް: [email protected]
އީމެއިލް ކޮޕީ: [email protected]
ވެބްސައިޓް: www.environment.gov.mv
އިޢުލާނު ނަންބަރު: (IUL)1139-CCD/1139/2026/86
ހުށަހެޅީ؛
(ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
ނޯޓް:
މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
