އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކްލިނިކަލް އެއިޑް (ޕަބްލިކް ސަރވިސް ރޭންކް 3)

އިޢުލާނު

 

މަޤާމު:

ކްލިނިކަލް އެއިޑް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ  (01 އަހަރު)

މަޤާމުގެ ރޭންކު:

ފަބްލިކް ސާރވިސް ރޭންކް 3

މަޤާމުގެ ކްލެސިފިކޭޝަން:

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

-/8285 ރުފިޔާ ( މަހަކު )

ޖޮބް އެލަވަންސް:

-/2485 ރުފިޔާ ( މަހަކު )

އެހެނިހެން އެލަވަންސް:

  1. ހާޟިރީ އެލަވަންސް: ( މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/65 ރުފިޔާ )
  2. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވާފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމާއި، ރަޖިސްޓްރީ ކުރުމުގައި އެހީތެރިވުމާއި ޑިއުޓީފެށުމުގެކުރިން ކޮންސަލްޓޭޝަންރޫމުގެ އިންވެންޓްރީޗެކްކޮށް މަދުވާތަކެތި ބަލިމީހުންބަލަން ފެށުމުގެކުރިން ހަމަކުރުމުގެ އިތުރުން އެކިކަންކަމުގައި ހޮސްޕިޓަލް ރިޝެޕްޝަނަށް އަންނަ ކޯލްތަކަށް ޖަވާބްދާރީވެ މައުލޫމާތު ފޯރުކޮށްދިނުން.
  2. ބަލިމީހާ ދައްކާ އޭގެ އެންމެ ފުރިހަމަގޮތުގައި އިނގިރޭސިބަހުން ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި ޑޮކްޓަރުދެއްވާލަފައާއި މަޝްވަރާ އޭގެ އެންމެ ފުރިހަމަގޮތުގައި ބަލިމީހާއަށް ފަހުމް ވާނޭހެން ދިވެހިބަހުން ބުނެދިނުން.
  3. ބަލިމީހުން ރެފަރކުރުމަށްޓަކައި ބޭނުންވާ އުޅަނދު ހަމަޖެއްސުމަށް 3 ފަރާތުން ކޯޓޭޝަން ނަގައި އަގުބަލައި، އާސަންދައާއި ދެމެދު އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މުއާމަލާތްތަށް ކުރުމާއި ދަތުރުގެ އެންމެހައި ކަންކަން ހަމަޖެއްސުން.
  4. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުމާއި ޑޮކްޓަރ ކޮޓަރިއަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން.
  5. ބަލިމީހާގެ ބަލީގެ ތަފްޞީލް ޕޭޝަންޓް ރެކޯޑް( އެޗް.އައި.އެސް އަދި ވިނަވި ސިސްޓަމް)ގެ ތެރޭގައި ޑޮކްޓަރުގެ ލަފާގެ މަތިން ބެލެހެއްޓުމާއި ފައިލްކުރަންޖެހޭ އެންމެހައި މެޑިކަލް ރެކޯޑްސް ފައިލްކުރުން.
  6. އައުޓް ޕޭޝަންޓް ރެކޯރޑްސް ބެލެހެއްޓުމާއި އައި.ސީ.ޑީ( އިންޓަނޭސަނަލް ކްލަފިކޭސަން އޮފް ޑިސީސް) ކޯޑިންގެ ހުރިހާމަސައްކަތެއް ކުރުން.
  7. އައުޓްރީޗް ކޮންސަލްޓޭޝަން ތަކުގައި ރަށުންބޭރައް ދާންޖެހިއްޖެ ޙާލަތްތަކުގައި ޑޮކްޓަރުންނާއި އެކު ރަށުންބޭރަށް ދިޔުމާއި މެޑިކަލް ކޭންޕް ތަކުގައި ބައިވެރިވުން.
  8. އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކަށް ގަވާއިދާއި އެއްގޮތަށް ނަމްބަރާއި މެމޯ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރާއި މެމޯ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން، ކޮންމެ ޝިފްޓެއްގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން.
  9. އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށް ދިނުމާއެކު ، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމާއެކު ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން، އެމްބިއުލަންސްގެ ދަތުރުތައް ލިއުމަށްހަމަޖެހިފައިވާ ފޮތުގާ ގަވާއިދުން ނޯޓްކުރުން
  10. ރިސެޕްޝަންގައި ހުންނަ (ހޮސްޕިޓަލުގެ ތަންތާގެ ތަޅުދަނޑިތައް ބަހައްޓާފައި ހުންނަ) ތަޅުދަނޑި ޙަވާލުކުރެވިއްޖެނަމަ ތަޅުދަނޑި ދޫކުރުމާއި ޙަވާލުވުމުގައި ހޮސްޕިޓަލުން ހަމަޖައްސަފައިވާ ގަވާއިދާ އުސޫލާއި އެއްގޮތަށް އެކަންކުރުން
  11. ހޮސްޕިޓަލުންދޭ ޙިދުމަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ބިލް ހަދައި ފައިސާ ބަލައިގަނެ ދުވަހުގެ އިންކަމް ރިފޯޓް ހަދައި ހޮސްޕިޓަލް އެކައުންޓަށް ޖަމާކޮށް ފައިސާ ޖަމާކުރި ސްލިޕާއި އެކު ރިޕޯޓް ބަޖެޓަށް ހުށައެޅުން.
  12. ކޮންމެދުވަހަކުވެސް ހެދޭ ބިލްތައް ( އިންޕޭޝަންޓް/އައުޓް ޕޭޝަންޓު ވަކިން ) އަނެއްދުވަހު ހެދުނު އޮފީހުގެ ބަޖެޓް ސެކްޝަނަށް ހަވާލުކުރުން.
  13. ފައިސާ ބަލައިގަތުމާއި މަސައްކަތާއިގުޅޭ އެންމެހާ ގަވާއިދުތައް ބަލާ އެގަވާއިދަށް އަހުލުވެރިވެ، އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ ސެކްޝަނުގެ އިސްމުވައްޒަފަކާއި ގުޅައިގެން ރަނގަޅަށް އެކަމެއް އޮޅުންފިލުވުން.
  14. ފައިސާ ބަލައިގަނެ ރަސީދު ދޫކުރުމަށްފަހު ހިދުމަތް ދެވޭގޮތެއް ނުވެގެން ފައިސާ އަބުރާ ދޭންޖެހިއްޖެނަމަ، އެޙިދުމަތް ދޭ ޑިޕާޓްމަންޓްގެމުވައްޒަފަކު އެހިދުމަތް ނުދެވޭ ކަމާއި، ނުދެވުނުސަބަބު ލިޔެ ސޮއިކޮށްފައިވާ ލިޔުމަކާއި އެކު ހުށަހެޅުމުން އެފައިސާ އެފަރާތަކާއި ހަވާލްކުރުން.
  15. މަސައ އަގުނަގާ ހިދުމަތްތަކަށް އަގުނެގުމުގައި ރިކުއެސްޓް ފޯމް ނުވަތަ މެމޯ ގެނައުމުން އޭގައިވާ ހިދުމަތަށް އަގުނެގުން، އޮޕަރޭޝަން ތިއޭޓަރާއި، ވޯޑުތަކާއި، ފަރުވާދޭ ކޮޓަރިން ދެވޭ ހިދުމަތަށް އަގުނަގާނީ "ސަރވިސް ނޮޓިފިކޭޝަން ސްލިޕް" ގެނައުމުން އެއަށް ބަލައިގެން އަދި މިއުސޫލަށް އިތުރު ބަދަލެއް އަތުވެއްޖެނަމަ ، އެބަދަލަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާގޮތަކަށް ފައިސާ ބަލައިގަތުމުގައި އަމަލުކުރުން.
  16. ތިޖޫރީ އާއި ވަތްގަނޑުގައި ހުންނަ ފައިސާ ، ތަފްސީލް އެނގޭގޮތަށް ފޮތެއްގައި ލިޔެ ހޭންޑް އޯވަރ ދިނުން ، އަދި ވަތްގަނޑާއި ތަޅުދަނޑިތަކާއި ޙަވާލުގައި ހުންނަ ހުރިހާތަކެއްޗާއި ލިއުމުން ޙަވާލުވުން / ހަވާލުކުރުން
  17. ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަފަރާތް ތަކާއި ހޮސްޕިޓަލުން އިތުރު ފަރުވާއަށް ފޮނުވޭ ބަލިމީހުންނާއި ގުޅިގެން އަމަލީގޮތުންނާއި އިދާރީ ގޮތުން އެޖެންސީތަކާއި ދެމެދު ކުރަންޖެހޭ އެންމެހައި ކަންކަން ގަވާއިދުން ކުރުން.
  18. އެދުވަހަކު އެސައިންކުރެވޭ ( ރިސެޕްޝަން، އިންފޮމޭޝަން ކައުންޓަރ، އީ.އާރު ކައުންޓަރ، އެކިއެކި ކްލިނިކް) ތަނުގައި ސްޕަވައިޒަރުގެ ލަފާގެ މަތިން ޑިއުޓީ ނިމެންދެން ޙިދުމަތް ދިނުމަގައި މަޑުކުރުން.
  19. ކުންފުނިތަކަށް ހަދަންޖެހޭ އެންމެހައި އިންވޮއިސްތައް ހެދުން.
  20. ދިމާވާ ޞިއްޙީ އެމެޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުންޑެއިލީ ސަވައިލަންސްއަށް ބޭނުންވާ މައުލޫމާތު ދުވަހުން ދުވަހަށް ސަރވަރ އަށް އެންޓަކުރުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ ' ގްރޭޑލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް:-ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޖުލައި 2026 ގެ 10:00 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްއަށެވެ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19 ޖުލައި 2026 އާއި 23 ޖުލައި 2026 އާ ދެމެދު، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6583706 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

05 ޖުލައި 2026
ހޯދާ