ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ

(IUL)462-AP/1/2026/33

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިއުމާ ގުޅޭ 

މި އޮފީހުގައި ހުރި ބައުވެ ހަލާކުފައިވާ ހަރުމުދާތަކެއް، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ކުރި ނަންބަރު  : (IUL)462-AP/1/2026/27 ( 19 މޭ 2026 )  އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތާލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލުގެ ދަށުން އަލުން އެތަކެތި ނީލަންކިއުމަށް ހުޅުވާލަމެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްޞީލް މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

ވީމާ، މިއޮފީހުގައި ބާވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 12 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން/ މ. ސީޓްރެކްސް  4 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ. 

ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 02 (ދޭއް) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ. 

ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ 04 ވަނަ ފަންގިފިލާއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ. 

ނިލާމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކޮށްލައްވަން ބޭނުންފުޅުވާ ނަމަ [email protected]   އަށް މެއިލް ކޮށްލެއްވުމަށް އެދެމެވެ. 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

05 ޖުލައި 2026
ހޯދާ