މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

މި ވުޒާރާއިން ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް 2026 ސެޕްޓެންބަރު 13ވަނަ ދުވަހު މާލޭގައި ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

           ވީމާ، މާލޭގައި ބާއްވާ މި މަހާސިންތާގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވާ ޒުވާން ޚަޠީބުންނާއި، އަދި މިހާރުވެސް އިމާމުކަމާއި ޚަޠީބްކަން ކުރައްވާ ފަރާތްތަކުންނާއި އަދި ދިވެހި ޙާފިޡުން މި ލިންކު https://forms.gle/JVt2q2sodvfGZZLj9 މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ.

ފުރިހަމަވާންޖެހޭ ކަންކަން:

  • ޒުވާން ޚަތީބުންގެ ޓްރޭނިންގ ނިންމައި ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.
  • ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްފައިވާ ފަރާތްތައް.
  • އިމާމުންނާއި ޚަޠީބުން (މިހާރުވެސް އިމާމުކަމުކަން އަދި ޚަޠީބުކަން ކުރައްވާ 30 އަހަރު ނުފުރޭ ފަރާތްތައް).

 

            މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި އިޢުލާނުގައިވާ ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅުން އެދެމެވެ.

05 ޖުލައި 2026
ހޯދާ