ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މި ޚިދުމަތުގެ ފަރާތުން ވައިގެ މަގުން ރާއްޖެއާއި ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކަށް ކްރެޑިޓް އުޞޫލުން އެއަރޓިކެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު

PC-171/2026/T229

 އިޢުލާން ނަންބަރު

171-Y(FBM2)/IUL/2026/075

 

.އިޢުލާން.

 

  1. މި ޚިދުމަތުގެ ފަރާތުން ވައިގެ މަގުން ރާއްޖެއާއި ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކަށް ކްރެޑިޓް އުޞޫލުން އެއަރޓިކެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީވުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ޕްރޮޖެކްޓްގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލް ފޮނުމަށް ދަންނަވަމެވެ. ޕްރޮޖެކްޓްގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2026 ޖުލައި 13  ވަނަ ދުވަހުގެ 12:00  އެވެ. ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2026 ޖުލައި 13 ވަނަ  ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.
  • ޕްރޮކިއުމަންޓް
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
  • ފޯން: 9790052
  • އީ-މެއިލް: [email protected]
05 ޖުލައި 2026
ހޯދާ