ދިވެހިރާއްޖެ
މިކުންފުނީގެ ކުޅުދުއްފުށީ އޮފީހުގައި ބޭނުންކުރަމުން އައި ލޮރީ ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އާންމުކޮށް ހުޅުވާލައިގެން ޝައުގުވެރިވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވެހިކަލް ބަލައި ޗެކްކުރުމުގެ ފުރުސަތު މިއުލާނުގެ މުއްދަތުގައި ރަސްމީ އޮފީސް ގަޑީގައި ކުޅުދުއްފުށީ ތާޒާ އޮފީހުން ހަމަޖެހޭނެއެވެ. އުޅަނދުގެ މައުލޫމާތު ތިރީގައި މިވަނީ އެވެ.
- 1. އުޅަނދުގެ ތަފްސީލް
ބާވަތް ލޮރީ
ރަޖިސްޓްރީ ނަންބަރު C2A2090
އިތުރު ތަފްސީލް: ބްރޭންޑް: އިސުޒު | އިންޖީން ކެޕޭސިޓީ: 3350 ކިލޯ | ހަކަތަ: ޑީސިލް
ވެރިފަރާތް: އިއިލެންޑް ބެވެރަޖަސް މޯލްޑިވްސް
ރަޖިސްޓްރީ ކުރި ތާރީހު 14 އޯގަސްޓް 2013
ހާލަތު: ގުރައުންޑްވެފައި
- 2. ނީލަމުގެ ތަފްސީލް:
ފެށޭ އަގު: 80،000 ރުފިޔާ (އަށްޑިހަ ހާސް ރުފިޔާ)
މަދުވެގެން އިތުރުކުރެވޭ އަގު: 5،000ރ (ފަސްހާސް ރުފިޔާ)
މުއްދަތު ހަމަވާ ތާރީހު: 12 ޖުލައި 2026 ދުވަހުގެ ހެނދުނު 10:30 އަށް
މިނީލަމުގައި ހިމެނޭ އުޅަނދު ގަތުމަށް އަގު ހުށައަޅާނީ މިހާރު އުޅަނދު އޮތް ތަނުގައި އޮތް ހާލަތުގައި ގަތުމަށެވެ. މިއުޅަނދު މިހާރު އޮތީ ކުޅުދުއްފުސީ މިއޮފީސް ސައިޓްގައެވެ. އުޅަނދު ބައްލަވަން ބޭނުންވާ ފަރާތްތަކުން މިއުލާނުގެ މުއްދަތުގައި ކުޅުދުއްފުށީ އޮފީސް ރިސެޕްޝަނަށް ދުރުވުމުން، އެފުރުސަތު ހަމަޖެހޭނެއެވެ.
ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 12 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ކުޅުދުއްފުށީ ސައިޓްގައިއެވެ. ވީމާ މިނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެގަޑީގެ 15 މިނެޓްކުރިން ވަޑައިން ނަން ނޯޓްކުރެއްވުން އެދެމެވެ.
