މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފައިބަރ މަސައްކަތް ކުރުމުގައި ގެންގުޅެންވީ ޑިޒައިން، އިންޖިނޭރިން، ރައްކާތެރިކަމުގެ އަދި އުފެދޭ ކުނި މެނޭޖުކުރުމާ ގުޅޭ ގައިޑްލައިން ތައްޔާރު ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ގްލޯބަލް އެންވަޔަރަންމަންޓަލް ފެސިލިޓީ (ޖެފް)ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ އިމްޕްލިމެންޓިން ސަސްޓައިނަބަލް ލޯ އެންޑް ނޮން ކެމިކަލް ޑެވެލޮޕްމަންޓް އިން ސިޑްސް (އައިލެންޑްސް) ޕްރޮޖެކްޓްގެ ދަށުން "ފައިބަރ މަސައްކަތް ކުރުމުގައި ގެންގުޅެންވީ ޑިޒައިން، އިންޖިނޭރިން، ރައްކާތެރިކަމުގެ އަދި އުފެދޭ ކުނި މެނޭޖުކުރުމާ ގުޅޭ ގައިޑްލައިން" ލިޔެ ތައްޔާރު ކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހު 10:00ގެ ކުރިން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ދަރުބާރުގެ، ފާށަނާ މާލަމުގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 13 ޖުލައި 2026 ވާ ހޯމަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Do not Open Before 20th July 2026, 1005 hours – Consultancy to Develop Integrated Design, Engineering, Safety, and Disposal Guidelines in the Fibreglass Works Industry of the Maldives – (IUL)1139-EMCD/1139/2026/82” and the submitting party’s name and address

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް،

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ފާށަނާ މާލަން، ދަރުބާރުގެ، އަމީނީމަގު، ހެންވޭރު، މާލެ، 20344، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ވުޒާރާއަށް ލިބިގެންވެއެވެ.

05 ޖުލައި 2026
ހޯދާ